English Edition
Dhivehi Edition

“ވަގުތު” އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީ ހިތަދޫގައި ބާއްވާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ގެ މިރޭގެ ފަހުމެޗު ފަސްގަނޑަ އެފްސީން ކާމިޔާބުކޮށްފިއެވެ. ޓީމު ޓެކްއާ ބައްދަލުކޮށް މިމެޗު ފަސްގަނޑަ އެފްސީން ކާމިޔާބުކުރީ 0-14 ލަނޑުންނެވެ. ހިތަދޫ މަނިކު ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި އެޓީމުގެ ކެޕްޓަން ހުސައިން ފަސާހުވަނީ 6 ލަނޑު ޖަހައ ޑަބަލް ހެޓްރިކް ހަދައިފައެވެ. މިހާތަނަށް މިމުބާރާތުގެ އެންމެގިނަ ލަނޑުތައް ޖަހައިފައިވަނީވެސް އޭނާއެވެ. ފަސާހުގެ އިތުރަށް އެޓީމުގެ މުހައްމަދު ދާނިޝް އިބްރާހީމް ވަނީ ހަތަރު ލަނޑު ޖަހައިފައެވެ. އެޓީމުގެ އާލިމް ފަހުމީ ވަނީ ދެ ލަނޑު ޖަހައިދީފައެވެ. އަދި އަލީ ހަބީބާއި، ހުސައިން މުޝާފިއު މިއިން ކޮންމެ ކުޅުންތެރިއަކުވަނީ ލަނޑެއް ޖަހައިފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފަސްގަނޑަ އެފްސީގެ ކެޕްޓަން ހުސައިން ފަސާހެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ތިރީސް ހާސް ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ ރަނގަޅަށް ސަޕޯޓް ކުރާ ޓީމަކަށް ދިހަހާސް ރުފިޔާ ލިބޭނެއެވެ. ގުރޫޕުއޭގައި ހިމެނޭ މިދެޓީމް މިހާރު ވަނީ ގްރޫޕް ސްޓޭޖުގައި ކުޅެންޖެހޭ ތިން މެޗު ކުޅެ ނިމިފައެވެ. ގްރޫޕު ސްޓޭޖުގައި ކުޅުނު އެ ތިން މެޗުންވެސް ފަސްގަނޑަ އެފްސީވަނީ މޮޅުވެ ކުއާޓަރފައިނަލަށް ދަތުރުކޮށްފައެވެ. އެޓީން ކުއާޓަރއަށް ދަތުރުކުރީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ޓީމު ޓެކް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެ މުބާރާތުން ކަޓައިފައެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ތިލަފުށީ ކޯޕަރޭޝަން އާއި އެކްސްޓްރީމެވެ. ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. މުބާރާތުގެ ކޯ-ސްޕޮންސަރުންނަކީ ވިލާ ކޮލެޖާއި، ކޮންޓްރޯލް ޕީ އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑްއެވެ.