English Edition
Dhivehi Edition

8 އަހަރުގެ މެދުކެނޑުމަކަށް ފަހު ބޮލީވުޑްގެ މަޝްހޫރު ޖޯޑެއް ކަމަށްވާ އަބީޝެކް ބައްޗަން އަދި އައިޝްވާރިޔާ އެކުގައި ފިލްމެއް ކުޅެން ތައްޔާރު ވަމުންދާ ކަމުގެ ޚަބަރަކީ މި ދެތަރިންގެ ސަޕޯޓަރުންނަށް ލިބިގެންދާނެ އުފާވެރި ޚަބަރެކެވެ.

ރޕޯޓްތައް ބުނާ ގޮތުން މިފިލްމަކީ ޕޮލިސް އޮފިސަރަކާއި އޭނަގެ އަންހެނުންގެ މައްޗަށް އުފައްދާ ފިލްމެކެވެ. މިފިލްމަށް އާނއެކޭ ބުނުމުގެ ކުރިން އައިޝްވާރިޔާ ސްކްރިޕްޓަށް ބަދަލުތަކެއް ގެނުވާފައިވާ ކަމަށް ޚަބަރު ލިބެއެވެ.

މިހާތަނަށް މި ދެތަރިން އެކުގައި 2010 ވަނަ އަހަރު ފިލްމު “ރާވަން” އިން ފުރަތަމަ ފެނިގެން ދިޔަފަހުން އިތުރު 7 ފިލްމެއް އެކުގައި ވަނީ ކުޅެފައެވެ. އެކުގައި ކުޅުނު ފިލްމުތަކުގެ ތެރެއިން “ދޫމް 2″، “ސަރުކާރު ރާޖް” ފިޔަވާ އެހެން ފިލްމުތަކަށް މާބޮޑު ކާމިޔާބީތަކެއް ލިބިފައި ނެތެވެ.

އަބީޝެކްއާއި އައިޝްވާރިޔާ ވަނީ ޒަވާޖީ ޙަޔާތެއް 2007 ގައި ފަށާފައެވެ. މިދެތަރިންގެ ދަރިފުޅު އަރާދްޔާ އުފަންވީ 2011 ވަނަ އަހަރުއެވެ. އުފާވެރި ޙަޔާތެއްގައި ހޭދަކުރަމުންދާ ކަމަށް ބުނެވޭ ފިލްމީ ޖޯޑުތަކުގެ ލިސްޓްގެ ކުރީ ސަފުގައި މިދެމަފިރިންގެ ނަން ވެސް ހިމެނެއެވެ.