English Edition
Dhivehi Edition

ކައިވެނީގެ ގުޅުމަކީ ވަރަށް މާތް ގުޅުމެކެވެ. އިސްލާމް ދީނުގައިވެސް ކައިވެނީގެ ގުޅުމުގެ ވާހަކަ ވަރަށް ސާފުކޮށް ބަޔާންކޮށްދީފައި ވެއެވެ. ނަމަވެސް މިހާރު އަޅުގަނޑުމެންނަށް ފެންނަނީ މިމާތް ގުޅުމުގައި ދެމަފިރިންގެ އުމުރު އެކީގައި ހޭދާކުރާ މިންވަރު ވަރަށް ދަށްފެވައިވާ މަންޒަރެވެ. ކޮންމެ ދެމަފިރިއަކުވެސް ކައިވެނީގެ ގޮށް ޖަހާލަނީ ދެމީހުން ވަކިހިސާބަކުން ވަކިވުމުގެ ނިޔަތެއްގައި ނޫނެވެ. ނަމަވެސް ކޮންމެވެސް މައްސަލަތަކެއް ދިމާވެގެން ދެމީހުން ވަކިވާން ޖެހޭތަން އައުން މިއަދު ހީވެސް ނުކުރާހާ ގިނައެވެ. މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. ކައިވެނިކުރުމަށް ފަހު ދަރީން ލިބި ދެން ނޫޅެވިގެން ވަކިވުމުން ކުދީންނަށް ކުރާ އަސަރު ބައެއްފަހަރު ވަރަށް ހިތި ތަޖުރިބާ އަކަށް ވެއެވެ. މިކަހަލަ ކަންތައް ތަކުން ސަލާމަތް ވުމަށް ދެމީހުންވެސް އެކަކު އަނެކަކު ހިތްހަމަ ޖައްސާލައިގެން އުޅުން ވަރަށް މުހިންމެވެ

ފިރިހެނެއްގެ ހިތްހަމަ ޖައްސާލުމަކީ ބައެއްފަހަރު ފަސޭހަކަމެކެވެ. ނަމަވެސް އަނެއްބައިފަހަރަށް އެއީ ދުނިޔެމަތިން ކުރަން އެންމެ އުނދަގޫ މަސައްކަތް ކަމަށްވެސް ވެދާނެއެވެ. ހީވެސް ނުކުރާހާ ބައެއް ކުދިކުދި ކަންތަކަކުން ފިރިހެނުން ހިތްހަމަ ޖައްސާލެވިދާނެއެވެ. ތިރީގައި މިވަނީ ފިރިހެނެއްގެ ލޯބި ހޯދިދާނެ ނުވަގޮތެކެވެ

1-ފިރިމީގެ ގެ ރަހުމައްތެރިންނާއި ގާތްކަން ބޭއްވުން

ފިރިހެނުން އެންމެ ހިތްހަމަޖެހޭ އެއްކަމަކަށް ވަނީ އޭނާގެ ރަހުމަތްތެރިންނާއި އަނބިމީހާ ގާތްކަން ބޭއްވުމެވެ. ފިރިހެނުންގެ ރަހުމަތް ތެރިންނާއި އަންހެންމީހާ ދެމެދު ވަކި މީހަކު ހިޔާރުކުރުމަށް ބުނުމަކީ ފިރިހެނުން ވަރަށް ފޫހިވާކަމެކެވެ. އެހެންކަމުން، ގޯހަކަށް މަގުފަހިވާ ކަމެއްގައި މެނުވީ ފިރިހެނުންގެ ރަހުމަތްތެރިންނާއި ގުޅުން ކަނޑުވަން ނޫޅުން މުހިންމެވެ. އަދި ފިރިހެނުންގެ ރަހުމަތްތެރިންނާއި ގާތްކަން ބޭއްވުން ވެސް މުހިންމެވެ

2-ރޭވުންތެރިކަން އަންހެނުން ގައިގައި ހުރުން

ރޭވުންތެރިކަން ނުހުންނަ ފިރިހެނުން ވެސް، އެމީހުންގެ އަނބިންގެ ގައިގައި ރޭވުންތެރިކަމުގެ ސިފަ ހުންނަ ކަމުގައި ވާނަމަ، ފިރިހެނުން ވަރަށް ގަޔާވާ ސިފައަކަށް މިކަން ވެގެން ދެއެވެ

3- ބައެއް ކުދިކުދި ކަންތައް އިސްވެ ކުރަން އެނގުން

ފިރިހެނުން އެންމެލޯބިވާ އެއްސިފަ އެއްކަމަށް ފާހަނގަ ވަނީ އަންހެނުން ގެ ތެރެއިން، އެމީހުން ގެ ދިރިއުޅުމުގައި ނުކުރެވި ހުންނަ ކުދި ކުދި ކަންތައް އަމިއްލައަށް ދަނެގެން ކޮށްދީހަދާ މީހުންގެ ސިފައެވެ. މިއީ އާންމުކޮށް އަންހެނުންވެސް ފިރިހެނުންގެ ކިބައިން އުންމީދުކުރާ ސިފައެކެވެ. ވީމާ ފިރިމީހާ ހިތްހަމަ ޖައްސާލަން، އޭނާ ނުބުނި ނަމަވެސް ބައެއް ކަންތައްތައް ކޮށްލަދިނުމަކީ ވަރަށް މުހިންމުކަމަކަށް ވާނެއެވެ

4-ފިރިމީހާ ދެކެ ހަގީގީ ލޯބިވުން

ދިރިއުޅުމުގައި ފިރިމީހާއަށް ހުރިހައި އެއްޗެއް ހޯދައި ނުދެވުނަސް، އޭނާދެކެ ވާލޯތްބަށް ބަދަލެއް ނުގެންނަ އަންހެނަކުދެކެ ފިރިހެނުންގަޔާ ވާނެއެވެ. އެއްވެސް ޝަރުތަކާ ނުލާ ފިރިހެނުން ދެކެ ލޯބިވާނަމަ އެމީހުންވެސް ލޯބިވާނެއެވެ

5- ވަކި ޚާއްސަ ސަބަބަކާއި ނުލާ ފިރިމީހާޔަށް އަޅާލުން

ދިރިއުޅުމުގައި ވަކިހާއްސަ ކަމަކާނުލާ އަނބިމީހާ ފިރިމީހާޔަށް އަޅާލާކަން އަންގަދިނުން ވަރަށް މުހިންމެވެ. ވަކިހާއްސަ މުނާސަބަތެއް ނެތި ފިރިމީހާ ހިތްހަހަމަ ޖައްސާލަ ދިނުމުގެ ގޮތުން މީރު ކެއުމެއް ތައްޔާރު ކުރުން، ނޫނީ ކޮންމެވެސް ތަނަކަށް ގެންގޮސް އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުން ފިރިމީހާއަށް އަޅާލާކަން އޭނާ ދަންނާނެއެވެ

6- ސާދާކޮށް ޒީނަތްތެރި ވުން

އެންމެގިނަ ފިރިހެނުންނަށް ކަމުދަނީ ގުދުރަތީ ރިތި މޭކަޕެއްކޮށްފައި ތިބޭއަންހެނުންކަން ކަށަވަރެވެ. ގުދުރަތީގޮތުން ލިބިފައިވާ ރީތިކަން އިތުރުވާހެން ޒީނަތްތެރި ވާށެވެ. އާދައިގެ ރީތި ގޮތަކަށް ހެދުން އަޅާ ނަލަހެދިފައި ތިބޭ އަންހެނުން ނަކީ ފިރިހެނުން ވަރަށް ގަޔާވާ ބައެއްކަމަށް ވެއެވެ.

7- ގެވެހި އަންބަކަށް ވުން

ފިރިއަކު އެންމެ އެދޭ ގަޔާވާ ބަޔަކަށްވަނީ ގެވެހި ކަމުގެ ސިފަލިބިފައިވާ އަނބިންނަށެވެ. މުޅި ގެބަލަހައްޓާ ކައްކަން އެނގުން، ޒަމާން ބަދަލުވެފައި ވީނަމަވެސް މެއިޑްއަކު ނޫނީ ގޭގައި ގެންގުޅޭ މަސައްކަތުމީހަކު ނުގެންގުޅެ، އަނބިމީހާ ކައްކާފައި ކާންދިނުމުން ވާލޯބި އިތުރުވެއެވެ. ވަޒީފާގައި އުޅެމުންވެސް ރޭވުންތެރިކަމާއެކު ދެމަފިރިން ބައިވެރިވެގެން ގޭތެރޭގެ ކަންތައް ރާވާލެވިދާނެއެވެ

8- ފިރިމީހާ ކޮށްދޭ ކުދި ކުދި ކަންތަކާ ހިތްހަމަ ޖެހުން

ފިރިމީހާ އެންމެއެދެނީ އުފާވެރި އަނބިންނާއެއްކޮށް އުޅުމަށެވެ. ފިރިމީހާ ކޮށްދޭ ކޮންމެ ރަނގަޅު ކަމަކަށް ހިނިތުންވެ ހުރެ އެކަން ގަބޫލުކުރާ އަނބިން ދެކެ ފިރިން ލޯބިވެއެވެ

9- ފިރިމީހާގެ ކަންކަމުގައި ހިތްވަރު ދިނުން

ފިރިހެނުން ކުރާ މުހިންމު ކަންކަމުގައި އެހީވެ، ހިތްވަރުދީ، އެއްބާރުލުން ދިނުމަކީ އެމީހުން އަންހެނުންގެ ކިބައިން އެންމެ ގަޔާވާ އެއް ކަމެވެ. އެހެން ކަމުން ފިރިމީހާއަށް އަބަދުވެސް ހިތްވަރުދީ، ލިބޭ ކާމިޔާބީތަކަށް ސާބަސްދިނުމަކީ ލޯބި އިތުރު ކުރުމަށް ކުރެވިދާނެ ކަމެކެވެ

3 ކޮމެންޓް
zaara aman
މާޗް 2, 2018
thigotha ulhunas mihaaru miulhey firihenun nuvaane loibe..ithuru anhenaku nulibigen ulheyny amudhun thiya 9 kantha kofiyaa
mohamed
މާޗް 2, 2018
ފިރިމީހާގެ ލޯބި ހޯދޭނެ އެންމެ މުހިއްމު ކަންތަ ނެތްކަން ފާހަގަކޮށްލަމެވެ
1828
މާޗް 2, 2018
magey anbakah nuhodheyne ruhumeh. sababakee anbaku nuhunaathee.