English Edition
Dhivehi Edition

ބޮލީވުޑްގެ ރަސްގެފާނު އަމީތާބް ބައްޗަންގެ ދަރި އަބީޝެކް ބައްޗަންގެ ފިލްމް ” މަންމަރްޒިޔާން”ގެ ޝޫޓިން ޕަންޖާބްގައި ފަށައިފިއެވެ

2000 ވަނަ އަހަރު ޖޭ.ޕީ ދައްތާގެ ފިލްމް ރެފިއުޖީއިން ބޮލީވުޑްގައި ފައިތިލަ ސާބިތުކުރި އަބީޝެކް ބައްޗަން ވަނީ އޭގެ ފަހުން ފިލްމް “ގުރޫ”، “ސަރުކާރު” އަދި “ދޯސްތާނާ” ފަދަ އެތައް ބްލޮކްބަސްޓާ ފިލްމަކުން މީހުންގެ ހިތުން ޖާގަ ހޯދާފައެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަބީޝެކް ވަނީ އަނޫރާގް ކަޝްޔަޕްގެ ފިލްމް “މަންމަރްޒިޔާން”ގެ ޝޫޓިންއަށް ޓަކައި އޭނާގެ ބޯ ބާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ހިއްސާ ކޮށްފައެވެ. މިއަދު އަބީޝެކް ވަނީ ޕަންޖާބްގެ އަމްރިތްސަރުގައި ޝޫޓިންގ ފަށާ މިފިލްމްގެ ސްކްރިޕްޓްގެ ފޮޓޯއެއް އާންމު ކޮށްފައެވެ.ސުރުޚީއަކަށް ޖަހާފައިވަނީ “އޯލްމޯސްޓް….ޓައިމް#މަންމަރްޒިއާން” އެވެ