English Edition
Dhivehi Edition

ސްރީދޭވީގެ ސަޕޯޓަރުންގެ ރުޅި ޖެކްލިން އަށް އޮއްސަމުން ސޯޝަލް މީޑިއާގައި އެބަދެއެވެ.

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސްރީދޭވީއަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރުމަށްޓަކައި މުމްބާއީގެ ސެލެބްރޭޝަން ސްޕޯޓްސް ކްލަބްގައި އެނާގެ ހަށިގަނޑު 28 ފެބްރުއަރީގައި ބާއްވާފައި އޮތް ވަގުތު ބޮލީވުޑްގެ ގިނަ އަދަދެއްގެ ފިލްމީ ތަރިން ވަނީ އެތަނަށް ޒިޔާރަތްކޮށް ހިތާމަ ފާޅުކޮށްފައެވެ. އެތަނުގައި ސުޝްމިތާ ސެން އަދި ޝްރައްދާ ކަޕޫރު ފަދަ ތަރިން ހިތާމަ ކުރަމުން ދިޔަ ދަނޑިވަޅު ޖެކްލިން ފެނުނީ ވަރަށް އުފާވެރި ހިނިތުން ވުމެއްގައި އެތަނުގައި ވަގުތު ހޭދަކުރިތަނެވެ.މިއީ އެތަނުގައި ތިބި އެއްވެސް ބަޔަކަށް ހަޖަމުކުރަން ފަސޭހަ މަންޒަރަކަށް ނުވިއެވެ.

އެމަންޒަރު ފޮޓޯތަކުން ފެނުމުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގަ ޖެކްލިން އަށް ނަފްރަތުގެ ބަސްތައް ރައްދު ކުރަމުންނެވެ. ގިނަ މީހުން އޭނާއަށް “ލަދުކުޑަ”، ނުވަތަ “މޮޔަ” މީހެއްގެ ލަޤަބު ދެމުން ދެއެވެ.

32 އަހަރުގެ ޖެކްލިން އެތަނަށް ދިޔައީ މީޑިއާގެ ސަމާލުކަން ހޯދާ މަޝްހޫރު ވުމަށް ކަމަށް ގިނަ މީހުން ދަނީ ބުނަމުންނެވެ.