English Edition
Dhivehi Edition

އައްޑޫސިޓީގެ ފޭދޫގައި ހިންގާ އެއިމްސް ޑައިގްނޯސްޓިކް ސެންޓަރ އަށް ނާރުގެ ބަލިތަކަށް ޚާއްޞަ ވިޒިޓިން ޑޮކްޓަރަކު އައުމަށް ހަމަޖެހިފައިވާ ކަމަށް އެ ސެންޓަރުން ބުނެފިއެވެ.

އިންޑިޔާގެ މަޝްހޫރު ޑޮކްޓަރެއް ކަމުގައިވާ ޕްރޮފެސަރ އޮފް ނިއުރޯލޮޖީ ، ޑރ މަނޯރަމާ ދޭވީ އައްޑޫއަށް ޒިޔާރަތްކޮށް އެއިމްސްގައި ބަލިމީހުން ބައްލަވާނީ މާޗްމަހުގެ 5، 6 އަދި 7 ވަނަ ދުވަހުގައެވެ. ޑރ މަނޯރަމާ ދޭވީ އަކީ އިންޑިޔާގެ ކިމްސް ހޮސްޕިޓަލުގެ ޑޮކްޓަރެކެވެ.

މި ޚާއްޞަ ޑޮކްޓަރަށް ދައްކަވަން ބޭނުންވާ ފަރާތްތަކުން އެއިމްސް ގެ 6898091 އަދި 6898092 މި ނަމްބަރަށް ގުޅުއްވާ އެޕޮއިންޓްމެންޓް ހެއްދެވުމަށް އެސެންޓަރުން އެދިލައްވައެވެ.

މަޝްހޫރު ގިނަ ޑޮކްޓަރުންނާއެކު ސިއްޚީ ޚިދުމަތް ދިނުމަށް އައްޑޫގައި ހުޅުވި މި ސެންޓަރުން ގިނަ ބަޔަކު ފަރުވާ ހޯދަމުން އަންނައިރު މިއީ އައްޑޫގެ ގިނަ ބައެއްގެ މެދުގައި އިތުބާރު ހިފޭ މަގުބޫލު ކުލިނިކަކަށް ވަނީ ވެފައެވެ. އައްޑޫގެ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ރާއްޖޭގެ މަޝްހޫރު ގިނަ ޑޮކްޓަރުންތަކެއްގެ ޚިދުމަތް ލިބޭނެ ގޮތް މި ކުލިނިކުން ފަހިކޮށްދެއެވެ.