English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫގައި މިހާރު ކުރިއަށްދާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ގެ ރޭ ފެލްކަން ކުޅުނު މެޗުންވެސް މޮޅުވެ މުބާރާތުގެ ކުއާޓަރ ފައިނަލުގެ އަށް ޖާގައިގެ ތެރެއިން ދެވަނަޖާގަ ފެލްކަންސް އިން ކަށަވަރު ކޮށްފިއެވެ. އެޓީމުން ކުރިން ކުޅުނު މެޗުންވެސް ވަނީ މޮޅުވެފައެވެ. އެޓީމް ކުއާޓަށްއަށް ދިޔައީ ކުޅުނު ދެމެޗުންވެސް މޮޅުވެ ޖުމްލަ 6 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މެޗުގައި ސްކޫޕް ކަންމައްޗާ ބައްދަލުކޮށް ފެލްކަންސް އިން މެޗު ކާމިޔާބުކުރީ 1-3 ލަނޑުންނެވެ. ހިތަދޫ މަނިކު ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައިފައިވަނީ އަލީ އަބްދުﷲ އެވެ. އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރިޔާޝްއެވެ. ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު އަބްދުﷲ އެވެ. މި މެޗުން ބަލިވިޔަސް ކުއާޓަރގެ ފުރުސަތު ސްކޫޕްކަންމައްޗަށް އެބައޮތެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެލްކަންސްގެ އަލީ އަބްދުﷲ އެވެ. މި މުބާރާތުގައި މިރޭވެސް ތިން މެޗު ކުޅޭނެއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ތިރީސް ހާސް ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ ރަނގަޅަށް ސަޕޯޓް ކުރާ ޓީމަކަށް ދިހަހާސް ރުފިޔާ ލިބޭނެއެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ތިލަފުށީ ކޯޕަރޭޝަން އާއި އެކްސްޓްރީމެވެ. ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. މުބާރާތުގެ ކޯ-ސްޕޮންސަރުންނަކީ ވިލާ ކޮލެޖާއި، ކޮންޓްރޯލް ޕީ އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑްއެވެ.