ރާއްޖެ އިން ކާޑުގެ ބާވަތްތައް ހުސްވެފައިވާ ކަމަށާއި މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ ބަނޑަށް ޖެހޭނެ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން، ރާއްޖެ އިން ކާޑު ހުސް ނުވާނެކަމުގެ ޔަގީންކަން އެސްޓީއޯ އިން ދީފި އެވެ
ރާއްޖެއަށް ތެލާއި ކާޑު އެތެރެކުރަމުންދާ އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ތެލާއި ބޭހާއި ކާޑުގެ ޝޯޓޭޖެއް ނާންނާނެކަމަށާއި ރާއްޖެ އަށް ބޭނުންވާ ވަރަށް އަބަދު ވެސް އެ ބާވަތްތައް ލިބެން ހުންނާނެކަމަށެވެ. އަދި އެ ބާވަތްތަކުގެ ޝިޕްމަންޓްތައް ބަރާބަރަށް ރާއްޖެ އަންނާނެކަމަށާއި އަތޮޅުތަކުގައި ޑިސްޓިބިއުޓަރުންވެސް ތިބޭނެކަމަށް ޝަހީރު ވިދާޅުވިއެވެ
ބައެއް ސިޔާސީ ފަރާތްތަކުން ރާއްޖެ ބަނޑަށްޖެހިދާނެކަމަށް ދައްކަމުންދާ ވާހަކައަށް އެސްޓިއޯއިން ބުނެފައިވަނީ އެ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ