English Edition
Dhivehi Edition

އިންޑިއާގެ މަޝްހޫރު ސުޕަސްޓާރ ސްރީދޭވީ މަރުވީ ކުރިން ޚަބަރުތައް ފެތުރިފައިވާ ގޮތަށް ހާޓް އެޓޭކެއް ޖެހިގެން ނޫން .ކަމަށާއި، އޭނާ މަރުވެފައިވަނީ ހޭނެތިގެން ބިލިގާއެއްގެ ތެރެއަށް ވެއްޓި ގެނބިގެން ކަމަށް ދުބާއީ ފުލުހުން ބުނެފިއެވެ

ސްރީދޭވީ މަރުވެފައިވަނީ އޭނަގެ އާއިލީ މީހެއްގެ ކައިވެނީގެ ޙަފްލާއަކަށް ދުބާއީއަށް ގޮސް ހުއްޓައެވެ.

ސްރީދޭވީގެ ހަށިގަނޑުގައި ބަނގުރަލުގެ އަސަރު ހުރި ކަމަށާއި ބިލިގާއަށް ވެއްޓި ގެނބެން ދިމާވި ސަބަބަކީ އެއީ ކަމަށް ވެދާނެ ކަމަށް ދުބާއީގެ އޮފިޝަލަކާއި ޙަވާލާދީ ގަލްފް ނޫހުގައި ބުނެފައިވެއެވެ. ސްރީދޭވީގެ މަރުގެ މައްސަލަ ދުބާއީ ފުލުހުން ވަނީ އެޤައުމުގެ ޕަބްލިކް ޕްރޮސެކިއުޝަން އޮފީހަށް ފޮނުވާފަ އެވެ. އެހެން ކަމުން އޭނަގެ މަރާއިގުޅޭ ކަންކަން ދެން ކުރިޔަށް ދާނީ އެފަދަ ކަންކަމުގައި އޮންނަ ޤާނޫނީ ޢިޖުރާއަތްތަކާ އެއްގޮތަށް ކަމަށްވެސް ފުލުހުންނާއި ޙަވާލާދީ ނޫހުގައި ބުނެފައިވެއެވެ.

ސްރީދޭވީގެ ހަށިގަނޑު މިމަހުގެ 26 ވަނަ ދުވަހު އިންޑިއާއަށް ގެންދާ ގޮތަށް ކުރިން އޮތް ނަމަވެސް، މިހާރު ލިބިފައިވާ މަޢުލޫމާތާއި ގުޅިގެން އޭނަގެ ހަށިގަނޑު އަދި އާއިލާއާއި ޙަވާލެއް ނުކުރެއެވެ.

އޭނާގެ މަރާއިބެހޭ ގޮތުން ދުބާއީ ފުލުހުން ތައްޔާރު ކޮށްފައިވާ ފޮރެންސިކް ރިޕޯޓް ދުބާއީ ފުލުހުން މިހާރު ވަނީ އާއިލާ އަށާއި ދުބާއީގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓާއި ހިއްސާ ކޮށްފައެވެ.