English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލެސް އާއި ޓޮޓެންހަމް ބައްދަލު ކުރި މެޗުގެ އެންމެ ފަހު މިނެޓްގައި ހެރީ ކޭން ޖެހި ގޯލާއެކު ޓޮޓެންހަމް ކުރިސްޓަލް ޕެލެސް އަތުން ސަލާމަތް ވެއްޖެއެވެ.

ކްރިސްޓަލް ޕެލެސްގެ ދަނޑުގައި ކުޅުނު މިމެޗު ޓޮޓެންހަމް ކާމިޔާބުކުރީ 1-0 ލަނޑުގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ޕެލެސް އާއި ކުޅުނު މުޅި މެޗުގެ ކޮންޓުރޯލްކޮށް ކުޅުނީ ޓޮޓެންހަމްއިންނެވެ. ފުރަތަމަ ހާފްގައި ޓޮޓެންހަމްގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ޕެލެސްގެ ކީޕަރު ވޭން ހެނަސީ ވަނީ މަތަކޮށްފައެވެ.

ރޭގެ މެޗުގެ ދެވަނަ ހާފްގައި ވެސް ޓޮޓެންހަމްއިން މޮޅަށް ކުޅެ ގިނަ ހަމަލާތަށް އުފެއްދި ނަމަވެސް ދެވަނަ ހާފްގައި ވެސް ކީޕަރު ވޭން ހެނަސީ ވަނީ މަތަކޮށްފައެވެ.

ޓޮޓެންހަމްއިން މޮޅަށް ކުޅުނު ނަމަވެސް ރޭގެ މެޗުގައި ލީޑު ނެގީ މެޗުގެ 89 ވަނަ މިނެޓުގައެވެ.މި ލަނޑު ޓޮޓެންހަމް އަށް ކާމިޔާބުކޮށްދީ މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންގެންދާ ހެރީ ކޭންއެވ

ޕެލެސްގެ މެޗު ކާމިޔާބުކޮށް ޓޮޓެންހަމްވަނީ ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައިވާއިރު ޗެލްސީ ބަލިކޮށް ޔުނައިޓެޑް 57 ޕޮއިންޓް އާއި އެކު ދެވަނަ އަށް ޖެހިލާފައެވެ. ފަސްވަނައިގައި ޗެލްސީ އޮތީ 28 މެޗުން 55 ޕޮއިންޓެވެ. އެ އަދަދަށް މެޗު ކުޅެ ޓޮޓެންހަމް އޮތީ 55 ޕޮއިންޓާ އެކުގައެވެ