އިނގިރޭސި ލީގު ކަޕް ފައިނަލްގައި ރޭ މެންޗެސްޓަރ ސިޓީ އާއި އާސެނަލް ބައްދަލުކުރި ފައިނަލް މެޗު ބޮޑު ތަފާތަކުން މޮޅުވެ މެންޗެސްޓަރ ސިޓީއިން ލީގު ކަޕް ކާމިޔާބުކޮށްފިއެވެ.
ރޭގެ ކުޅުނު ފޯރިގަދަ ފަިއނަލް މެޗު ސިޓީއިން ކާމިޔާބު ކޮށްފައިވަނީ 3-0 ލަނޑުން ނެވެ.
އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރޭ މެންޗެސްޓަ ސިޓީއިން އާސެނަލްއަށް އެއްވެސް ފުރުސަތެއް ނުދީ މެޗުގެ 18 ވަނަ މިނެޓްގައި ސާޖިއޯ އަގުއެރޯ ވަނީ ސިޓީ އަށް ލީޑު ނަގާދީފައެވެ.
އަގުއޭރޯ ކާމިޔާބުކޮށްދިން ލަނޑުން ސިޓީ ފުރަތަމަ ހާފް ނިންމާލި އިރު ސިޓީގެ ދެވަނަ ލަނޑު މެޗުގެ 58 ފަހަތަށް ކުޅޭ ވިންސެންޓް ކޮމްޕެނީ ކާމިޔާބުކޮށްދިން އިރު އޭގެ ހަތް މިނެޓްފަހުން ޑޭވިޑް ސިލްވާ ވަނީ ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ޕެޕް ގާޑިއޯލާއަށް ސިޓީގެ ކޯޗުގެ ގޮތުގައި ފުރަތަމަ ތަށި ހޯދާދީފައެވެ.
ސިޓީއިން ރޭގެ ފައިނަލް ކާމިޔާބު ކުރުމާއި އެކު ސިޓީއަށް ވަނީ މިމުބާރާތް ފަސްވަނަ ފަހަރަށް ކާމިޔާބު ކުރެވިފައެވެ.
ރޭ ލީގު ކަޕް ސިޓީ އިން ކާމިޔާބުކުރިއިރު ސިޓީއިން ވަނީ މިސީޒަންގައި މޮޅު ކުޅުމެއް ދައްކައި ޕްރިމިއަރ ލީގު ކާމިޔާބު ކުރުމާއި ގާތަށް ޖެހިލާފައެވެ.އަދި ސިޓީއިން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓފައިނަލްއިން ވެސް ފުރުސަތު ހޯދުމާއި ވަރަށް ގާތަށް ޖެހިލާފައެވެ.