English Edition
Dhivehi Edition

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިކުނޑިފުޅު މިހާރު ހަމަ ނޫން ކަމަށާއި ދެން ނަޝީދު ރާއްޖެ ވަޑައިގެންފި ނަމަ އެމަނިކުފާނު ބަހައްޓާނީ ގުރައިދޫގައި ހުންނަ މަރުކަޒުގައި ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ

މިޖީލުގެ އަޑުގެ ނަމުގައި ޕީޕީއެމުން ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ފަލާޙް ވިދާޅުވީ ނަޝީދުގެ ސިކުނޑިފުޅު ހަމައިން ނެއްޓުނީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން ކަމަށެވެ.

” ނަޝީދު ދެން ރާއްޖެ ވަޑައިގެންފި ނަމަ އެމަނިކުފާނު ބަހައްޓާނީ ޖަލުގައި ނޫން. ބަހައްޓާނީ ގުރައިދޫގައި ހުންނަ މަރުކަޒުގައި. ނަޝީދުގެ ސިކުނޑިފުޅު މިހާރު ހަމަނޫން. އެހެންވީމާ އެމަނިކުފާނު ބަހައްޓަން ހާއްސަކޮށްގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހެއްދެވިތަނުގައި ދެން އެމަނިކުފާނު ނުބަހައްޓަވާނެ” ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވިއެވެ.

ފަލާހުވަނީ އެމަނިކުފާނުގެ ސިކުނޑިފުޅު ހަމައިން ނެއްޓުނީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން ކަމަށް ވެސް ވިދާޅުވެފައެވެ.

ރޭގެ އެ އެއްވުމުގައި ފަލާހުވަނީ ގާސިމަށް ވެސް ފާޑު ވިދާޅުވެފައެވެ.

ގާސިމަށް ނިސްބަތް ކުރައްވާ ފަލާހު ވިދާޅުވީ ގާސިމު ޖަރުމަނުވިލާތުގައި ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމުން ނޫނީ ރާއްޖެ ނާންނަން ކަމަށްވާ ނަމަ އިތުރު ހަ އަހަރު ގާސިމް އަދި ޖަރުމަނުގައި ހުންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.