ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ވެއްޓުނަސް ކުރާނެ ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ،
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީސްގެ ވަޓްސްއެޕް ގްރޫޕްގައި، ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުންދާ ޕީޕީއެމް އާއި ރައީސް ނަޝީދުގެ ވާހަކަފުޅުތަކުން އެއްބައިވެވޭ ކަމަށް އިކޮނޮމިކް މިިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވުމާއި ގުޅިގެންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީސްގެ ވަޓްސްއެޕް ގުރޫޕްގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ނަޝީދު ވަނީ އެ ދެ ބޭފުޅުންނަށް ރައްދު ދެއްވާފައެވެ.
މި ގޮތުން މި ވާހަކައާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ބުނާ އެއްޗެއްގެ ސަބަބުން ސަރުކާރުން ވެއްޓުނީމަ ކުރާނެ ކަމެއް ނެތްކަމަށާއި ފެންނަ ކަންކަން ނުފެންނަ ކަމަކަށް ނުހެދޭނެކަމަށެވެ. “އަޅުގަނޑު ވާދަކުރަނީ އެ ތިބޭފުޅުންނަކާއެއް ނޫން. އަޅުގަނޑު ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއާއި” ފައްޔާޒު އާއި އިބްރާހިމް އަމީރުއަށް އިޝާރަތްކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތައް ބޮޑުވެ.ރައީސް ނަޝީދު ޕާޓީއިން ވަކިކުރައްވާނެކަމަށް ވަރަށް ބޮޑަށް ވާހަކަދެކެވެމުންދާ ދަނޑިވަޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އެންމެ އަރިސް ބޭފުޅުން ދަނީ ފާޅުގައި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މިކަމާއި ގުޅިގެން ޕާޓީގެ އާންމު މެމެބްރުންގެ މެދުގައިވެސް ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅު. ރައީސް ސޯލިހް މިކަމާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް މީޑިއާ އާއި ހިއްސާކުރައްވާފައެއް ނުވެއެވެ.