English Edition
Dhivehi Edition

މިސީޒަންގައި ލިވަޕޫލް އާއި އެކު މޮޅު ކުޅުމެއް ދައްކަމުން ގެންދާ އިޖްޕްޓްގެ ތަރި މުހައްމަދު ސަލާހް ލިވަޕޫލް އާއި އެކު ލީގު ކާމިޔާބުކުރަން ބޭނުން ކަމަށް ބުނެފިއެވެ.

މީގެ 28 އަހަރު ކުރިން ލިވަޕޫލްއިން ތަށި ނެގި ނަމަވެސް އެކަން ހަނދާން ނައްތާލައި އަލުން ލިވަޕޫލް އަކީ ޕްރިމިއަ ލީގުގެ ގަދަ ބާރަކަށް ހަދަން ބޭނުން ވާކަމަށް ސަލާޙް ބުންޏެވެ.

ސްވިޒަލެންޑުގެ ބަސެލްގައި ވިދާލި ސަލާ އެންމެ ފުރަތަމަ ޕްރިމިއާ ލީގަށް އައީ ޗެލްސީގެ ޖާޒީގައި 2013 ގަ އެވެ. އެކަމަކު އެ ޓީމުގައި އެކަށީގެންވާ ފުރުސަތުތަކެއް ނުލިބި ފަހުން ކުޅުނީ އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އާއި ރޯމާގަ އެވެ. އޭނާ މި ސީޒަނުގައި އެނބުރި ޕްރިމިއާ ލީގަށް އައިސް ލިވަޕޫލަށް 36 މެޗުން 30 ގޯލް ވަނީ ޖަހައިދީފަ އެވެ. ސަލާ ގެންދަން ރެއާލް މެޑްރިޑުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެ އެވެ

ލިވަޕޫލްއިން 2012 ވަނަ އަހަރު ކާޑިފް ސިޓީ ޕެނެލްޓީ ޖަހައިގެން ބަލިކޮށް ކުލަބް ރިކޯޑްއެއް ކަމުގައި ވާ 8 ވަނަ ފަހަރަށް އިނގިރޭސި ލީގު ކަޕް ހޯދިފަހުން އަދި ލިވަޕޫލްއަށް އެއްވެސް ތައްޓެށް ހޯދިފައެއް ނުވެއެވެ.ލިވަޕޫލްއަށް އެންމެ ފަހުން ޕްރިމިއަ ލީގުގެ ތަށި ހޯދިފައިވަނީ 1990 ވަނަ އަހަރުގައެވެ

މި ސީޒަނަށް ލިވަޕޫލާ ގުޅުނު ސަލާހު ފާހަގަކޮށްލެވެނީ މި ސީޒަންގައި އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެއްގެ ގޮތުގައެވެ. ލީގުގައި މިހާތަނަށް ކުޅުނު 26 މެޗުން 22 ގޯލް ޖަހައިފައިވާ ސަލާހު އަންނަނީ ޕްރިމިއާ ލިީގުގެ އިތުރުން ޗެމްޕިއަންސް ލީގުގައިވެސް ލިވަޕޫލަށް މޮޅު ކުޅުމެއް ދައްކަމުންނެވެ.