English Edition
Dhivehi Edition

ސަރުކާރާ އިދިކޮޅު ފަރާތްތަކުން އައްޑޫ ސިޓީ ހިތަދޫގައި ބާއްވަން އުޅުނު މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފިއެވެ.

ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް މިއަދު ހަވީރު ހިތަދޫގައި ޕީޕީއެމުން ބާއްވާ ރެލީ އާއި ދިމާކޮށް އިދިކޮޅު ފަރާތްތަކުން ފެށި މުޒާހަރާ އާއެކު ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސާފައެވެ، އަދި ހިތަދޫގައި ހުންނަ އެމްޑީޕީގެ ހަރުގެ ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު އައްޑޫގައި މުޒާހަރާ ކުރަން މަސައްކަތް ކުރީ ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލުމުގެ ގޮތުންނެވެ.

މިކަމާ ގުޅިގެން އައްޑޫސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތޮއްޔިބް ވިދާޅުވީ، ޕީޕީއެމުން ބާއްވާ އެއްވުމަށް ފުރުސަތު ދިނުމަށްފަހު އިދިކޮޅު މީހުންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނުދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަކީ ބޭއިންސާފުން ކުރަމުންދާ ކަންތައްތަކެއް ކަމަށެވެ. އިދިކޮޅަށް އެއްވުންމުގެ ފުރުސަތު ފުލުހުން ދޭން ބޭނުން ނުވަނީ އައްޑޫ ސިޓީއަށް އެ ފުރުސަތު ދީފިނަމަ ސަރުކާރަށް ފެންނާނެ މަންޒަރު ތަފާތު ވެދާނެކަމުގެ ޔަގީންކަން އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު މުޒާހަރާއަށް ހުރަސް އެޅުމަށްފަހު ފުލުހުން ވަނީ ރައީސް އަބްދުﷲ ޔާމީނަށް ކެމްޕޭން ކުރަން މެޑަމް ފާތުން އިސްވެ ހުންނަވައި ކުރިއަށްގެންދާ ހިނގާލުމަށް ފުރުސަތު ދީފަ އެވެ.

.