އިދިކޮޅު ސިޔާސީ ޕާޓީތަކާ އެކު ކުރިއަށް ގެންދާ މަޝްވަރާތަކުގައި އދ. ބައިވެރިވުމަށް ސަރުކާރުން ދެކޮޅު ނުހަދާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހަހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ
މަޝްވަރާގެ ކަންކަމުގައި ސަރުކާރުގެ ފަރާތުން އެންމެ އިސްކޮށް އުޅުއްވާ ޝައިނީ ވިދާޅުވީ ސަރުކާރުން މިހާރު ވެސް އދ. އާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މަޝްވަރާތަކުގައި އދ. ބައިވެރިވުމާ މެދު ސަރުކާރުން ދެކޮޅު ނުހަދާ ކަމަށެވެ. އަދި މަޝްވަރާތައް އދ އިން ބައިވެރިކުރުވައިގެން ކުރިއަށްދާނެ ސިނާރިއޯއެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށާއި ނަމަވެސް މަޝްވަރާތަކުގައި ބައިވެރިވުމުގެ ފުރުސަތު އދ. އަށް އަބަދު ވެސް އޮންނާނެ ކަމަށް ޝައިނީ ވިދާޅުވިއެވެ
އިދިކޮޅު ފަރާތްތަކުން ސަރުކާރާ އެކު މަޝްވަރާ ކުރާ ނަމަ އދ. މެދުވެރިއަކަށް ހަދައިގެން ނޫނީ މަޝްވަރާއަށް ނުދާނެ ކަމަށް ބުނެ ޝަރުތުތަކެއް ކޮށްފައިވާއިރު ޝައިނީ ވިދާޅުވީ މަޝްވަރާގައި އިށީނުމުގެ ކުރިން ޝަރުތުތަކެއް ކުރިމަތި ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އިދިކޮޅު ފަރާތްތަކުން މަޝްވަރާގައި ބައިވެރިވުމަށް ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ކުރި ހުކުމް ތަންފީޒްކުރުމާއި، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ދޫކޮށްލައި އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ޝުޕްރީމް ކޯޓުންހިންގަން ފެށުމަށް ވަނީ އެދިފައެވެ.މީގެ އިތުރުން ސްޓޭޓް އޮފް އެމަޖެންސީގައި ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލުމަށްވަނީ ޝަރުތުކޮށްފައެވެ