English Edition
Dhivehi Edition

މިދިޔަ އަހަރުގެ މެއި މަހު އަރްބާޒް ހާން އާއި މަލައިކާ އަރޯރާގެ ވަރީގެ ވާހަކަ އިވުމުން ގިނަ ބަޔަކަށް ލިބިގެން ދިޔައީ ބޮޑު ހައިރާންކަމެކެވެ

ބޮލީވުޑްގައި ވަރަށް ގުޅޭ އަދި ނަމޫނާ ޖޯޑެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މި ދެތަރިންގެ 18 އަހަރުވީ ކައިވެންޏަށް ފިރިހެން ކުއްޖަކު ލިބިފައިވާއިރު މިހާރު އަނެއްކާވެސް ދެމީހުން ފެންނަމުންދަނީ 15 އަހަރުގެ ދަރިފުޅާ އެކުގައި އުޅެމުންދާ މަންޒަރެވެ. ރިޕޯޓްތައް ބުނާ ގޮތުން މިހާރު އަނެއްކާވެސް މަލައިކާ އާއި އަރްބާޒް ދަރިފުޅުގެ ކަންތައްތަކުގެ އިތުރުން ވިޔާފާރީގެ ކަންތައްތަކުގައިވެސް ދަނީ އެކުގައި މަސައްކަތްކުރަމުންނެވެ. ދެމީހުން ގުޅުން އަނެއްކާވެސް ރަގަޅުވެފައިވާއިރު އަރްބާޒް ބުނެފައިވަނީ މަލައިކާއަކީ އަބަދުވެސް އޭނާގެ ރައްޓެއްސެއް ކަމުގައެވެ. ދަރިފުޅާއެކު އާއިލީ ކެއުންތަކާ އެއްވުން ތަކުގައި ދެތަރިންވެސް ބައިވެރިވަމުންދާ އިރު ދެ އާއިލާގެ ގުޅުންވެސް އަންނަނީ ވަރަށް ބޮޑަށް ބަދެހި ވަމުންނެވެ

އަރްބާޒް އާއި މަލައިކާ ވަރިވުމަށް ފަހުވެސް މަލައިކާ އޭނާގެ ނަމުގެ ފަހަތުގައިވާ “ޙާން” ބަދަލުކޮށްފައިނުވާއިރު ވަރަށްފަހުން ދިން އިންޓަވިއުއްގައި އަމްރިތާވަނީ ފަހްރުވެރިކަމާއެކު މަލައިކާ އަރޯރާ ޙާންގެ ނަމުން އޭނާއާއި މުހާތަބުކޮށް ވާހަކަދައްކާފައެވެ. އެ އިންޓަވިއުގައި މަލައިކާ އާއި އަރްބާޒުގެ ގުޅުމާ ބެހޭ ގޮތުން އޭނާ މާ ބޮޑަށް ވާހަކަދައްކާފައިނުވާއިރު ބައެއް މީހުން ބުނެފައިވަނީ މަލައިކާ ސީދާ އެ ސުވާލުތަކުގެ ޖަވާބު ނުދިންނަމަވެސް މަލައިކާ އާއި އަރްބާޒުގެ ސިއްރު ގުޅުންތަކެއްވާކަން ހާމަވާ ކަމުގައެވެ