English Edition
Dhivehi Edition

އިނގިރޭސި ތިން ވަނަ ޑިވިޝަނުގައި ކުޅޭ ވިގަން އެތުލެޓިކުން ޕްރިމިއަ ލީގުގެ އެއްވަނާގައި އޮތް މެންޗެސްޓަރ ސިޓީ ލަދު ގަންނުވާލައިފިއެވެ

ވިގަންއިން ޔޫރަޕުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ މެންޗެސްޓާ ސިޓީ 1-0 އިން ބަލިކޮށްފައިވަނީ ރޭ އެފްއޭ ކަޕުގެ ފަންނަ ބުރުގައި ކުޅުނު މެޗުގައެވެ

އެފްއޭ ކަޕްގައި ރޭ ވިގަން އާއި ސިޓީ ބައްދަލުކުރި މެޗުގައި ސިޓީގެ ފަރާތުން މުޅި މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަށް ވިގަންގެ ގޯލައާއި އަމާޒުކޮށް ފޮނުވާލި ވީނަމަވެސް މި ހަމަލާތަށް ގޯލާ އަމާޒު ނުވުމުގެ ނަތީޖާއަކަށްވީ މެޗުގެ އެންމެ ފަހު ފަސް މިނެޓް ތެރޭގައި ވިގަންއިން ކާމިޔާބު ކުރި ލަނޑުން ސިޓީ އެފްއޭ ކަޕުން ކަޓައިގެން ދިއުމެވެ.ރޭގެ މެޗުގައި ވިގަންގެ ހަމަ އެކަނި ލަނޑު މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ވިލް ގްރިކްއެވެ

މުބާރާތުގެ ކުއާޓާގައި ވާދަކުރާ ޓިމުތަށް މިހާރު ޔަގީން ވެފައިވާ އިރު ކުއާޓާގައި ޗެލްސީ އާއި ލެސްޓަ ސިޓީ ބައްދަލު ކުރާއިރު ސިޓީ ބަލި ކުރި ވިގެން ކުޅެން ޖެހޭނީ ސައުތްހެމްޓަން އާއި ދެކޮޅަށެވެ.އަދި ވަރުގަދަ މެންޗެސްޓަ ޔުނައިޓެޑް ނިކުންނާނީ ބްރިޓަން އާއި ދެކޮޅަށެވެ

ސިޓީ މި ސީޒަނުގައި މިހާތަނަށް ބަލިވެފައިވަނީ ވިގަންގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުންނާއި ޗެމްޕިއަންސް ލީގުގައި ޝަހުތަރު ޑޮނެސްކް އަތުންނެވެ. މިއީ 2005 ވަނަ އަހަރަށް ފަހު އިނގިރޭސި ތިން ވަނަ ޑިވިޝަން ޓީމެއް އަތުން އެފްއޭ ކަޕްގައި ސިޓީ ކެޓި ފުރަތަމަ ފަހަރެވެ