English Edition
Dhivehi Edition
2017 ވަނަ އަހަރުގެ އެފްއޭކަޕް ކާމިޔާބުކުރުމަށްފަހު ނިއު ރޭޑިއަންޓްގެ އިބްރާހިމް ފަޒީލް (އޮއްޕޮ)، އިމްރާން މުޙައްމަދު އަދި މުޙައްމަދު އަޝްފާޤު (ދަގަނޑޭ) ފޮޓޯއަކަށް ހުއްޓިލައިގެން - ފޮޓޯ: މުޙައްމަދު އަފްރާހް (ސަން)

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުޅުވާލައިފި އެވެ.

އެފްއޭއެމް އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ، އެ އެސޯސިއޭޝަންގެ މެންބަރ ކްލަބް، ޖަމްއިއްޔާ، ޖަމާއަތްތަކަށް އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 14:30 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަދި މުބާރާތާއި ބޭހޭގޮތުން އިތުރު މަޢުލޫމާތު 14 ޖެނުއަރީ 2020 ވަނަ ދުވަހު ދެވޭނެ ކަމަށްވެސް އެފްއޭއެމް އިން ބުނެއެވެ.

އެފްއޭ ކަޕް މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އެފްއޭއެމްގެ ކައުންޓަރުން 05 ޖެނުއަރީ 2020 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި (ހެނދުނު 09:00 ން މެންދުރުފަހު 14:30) ލިބެންހުންނާނެ ކަމަށްވެސް އެފްއޭއެމްގެ އިއުލާނުގައި ބުނެފައި ވެއެވެ.

އެންމެ ފަހުން އެފްއޭ ކަޕް މުބާރާތް ބާއްވާފައި ވަނީ 2017 ވަނަ އަހަރު އެވެ. އެ އަހަރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުންނެވެ. ނިއު ރޭޑިއަންޓުން ވަނީ ޖުމްލަ 12 ފަހަރެއްގެ މަތިން އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.