ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި ސާބިތުކަމާއެކު ދެމިހުންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވިކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މަސީޙް ވިދާޅުވީ ދިވެހި ޤައުމަށް ކުރިމަތިވެފައިމިވާ ކަންތައްތަކުން އަރައިގަތުމަށް މަސައްކަތްކުރެއްވުމުގައި ރައްޔިތުންނާއެކު ސާބިތުކަމާއެކު ދެމި ހުންނަވާނެކަމަށެވެ.
މިއަދުކުރިއަށް ގެންދިޔަ މަޖިލިހުގެ ޖަލްސާ ފެށުމަށްފަހު ރިޔާސަތު ނައިބު ރައީސް މޫސާ މަނިކާއި ހަވާލު ކުރެއްވުމަށްފަހު، މަސީޙް ވަޑައިގެން މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ސިޓީ ހުށައެޅުއްވިކަމަށް ސޯޝަލް މީޑިއާގައިދަނީ އަޑު ފެތުރެމުންނެވެ.
ޕީޕީއެމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޯނު މެދުވެރިކުރައްވާ ދެއްވި މެސެޖެއްގައި ރައްޔިތުންގެ މަޖްލީހުގެ ރައީސް ޢަބްދުﷲ މަސީޙް ވިދާޅުވީ ދިވެހި ޤައުމަށް ކުރިމަތިވެފައިމިވާ ކަންތައްތަކުން އަރައިގަތުމަށް މަސައްކަތްކުރެއްވުމުގައި ރައްޔިތުންނާއެކު ސާބިތުކަމާއެކު ދެމި ހުންނަވާނެކަމަށެވެ.
މަސީހު ވިދާޅުވީ އިސްތިއުފާ ދެއްވަން ނުވެސް އުޅުއްވާކަމަށާއި މަޤާމުން އިސްތިއުފާ ދެއްވިކަމަށްބުނެ ދެކެވެމުންދަނީ ދޮގު ވާހަކަތަކެއް ކަމުގައެވެ.
“އަޅުގަނޑު ސާބިތުވެމިހުރީ ދިވެހި ރައްޔިތުންނާއެކު ދިވެހި ޤައުމަށް ކުރިމަތިވެފައިމިވާ ކަންތައްތަކުން އަރައިގަތުމަށްޓަކައިި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމުގައި. އަދި ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖްލިސްވެސް މަސައްކަތްކުރަމުންދާނީވެސް އެގޮތުގެ މަތިން. ދައުރުން ބޭރުގައި މަޖްލީޙުގެ ޖަލްސާއެއް ބޭއްވުުމުގެ މަސައްކަތް މިހާރުވެސް މިދަނީ ކުރަމުން ” މަޖްލީހުގެ ރައީސް ޢަބްދުﷲ މަސީޙް ވިދާޅުވިއެވެ.