English Edition
Dhivehi Edition

“ވަގުތު” އިން އިންތިޒާމް ކޮށްގެން އައްޑޫސިޓީގައި މިހާރު ކުރިއަށް ގެންދާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖް” ގައި މިރޭ ކުޅުނު ފުރަތަމަ މެޗު ފެލްކައިން އެފްސީން ކާމިޔާބު ކޮށްފިއެވެ. މިމެޗު އެޓީމުން ކާމިޔާބުކުރީ ސިއާންސް އެފްސީއާ ބައްދަލުކޮށް 1-5 ލަނޑުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ސިއާންސް އެފްސީންއެވެ. އެ ލަނޑު ޖަހައިދިނީ މުހައްމަދު ރާއީ ޝަރީފެވެ. އެ ޓީމުން ލަނޑުޖަހައިފައިވަނިކޮށް ފެލްކަންއިންވަނީ ފުރަތަމަހާފުގައި ދެ ލަނޑުޖަހައި މެޗުގެ ލީޑުނަގައިފައެވެ. އެ ލަނޑުތައް ޖަހައިދީފައިވަނީ މުހައްމަދު ރާއިދު ޝަރީފާއި، އަހުމަދު އިބްރާހީމްއެވެ. ދެވަނަ ހާފްގައޮި ފެލްކަން ފެނުނީ ވަރަށްތަފާތުކޮށެވެ. މުޅި މެޗު ޑޮމިނޭޓްކޮށްފައިވަނީ އެޓީމުންނެވެ. ނަތީޖާއަކަށްވީ އިދިކޮޅު ޓީމަށް އިތުރު އެއްވެސް ފުރުސަތެއް ނުދީ އިތުރު ތިން ލަނޑުޖަހައިގެން މެޗު ކާމިޔާބު ކުރުމެވެ. އޭގެތެރެއިން އެއް ލަނޑަކީ ސިއާންގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަނެއް ދެލަނޑު ޖަހައިދީފައިވަނީ ރިޔާޝްއާއި، އަހުމަދު ޝާރިގެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ފެލްކަންސްގެ އަހުމަދު އިބްރާހީމެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާވަނީ ހުށަހަޅައިފައެވެ. ރަނައަޕް ޓީމަށް ތިރީސް ހާސް ރުފިޔާ ވަނީ ހުށަހަޅައިފައެވެ. މީގެ އިތުރަށް ކުޅިވަރުގެ ރޫހާ އެއްގޮތަށް އެންމެ ރަނގަޅަށް ސަޕޯޓްކުރާ ޓީމަކަށް ދިހަހާސް ރުފިޔާވެސްވަނީ ހުށަހަޅައިފައެވެ. މިމުބާރާތުގެ މައި ސްޕޮންސަރަކީ ތިލަފުށީ ކޯޕަރޭޝަން އާއި އެކްސްޓްރީމެވެ. މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލެވެ. ކޯ-ސްޕޮންސަރަކީ ވިލާ ކޮލެޖާއި، ކޮންޓްރޯލް ޕީ އެވެ. ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަންއެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. އަދި މުބާރާތުގެ ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑްއެވެ.