English Edition
Dhivehi Edition

ރައްޔިތުން މަޖިލީހުގެ ހާއްސަ ޖަލްސާއެއް މާދަމާ ބާއްވަން މަޖިލީހުގެ ރިޔާސަތުން ނިންމައިފި އެވެ

މި ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައި ކަމަށް މަޖިލީހުގެ އިދާރާއިންވަނީ ބުނެފައެވެ. ޖަލްސާއާ ގުޅޭ އެއްވެސް ތަފުސީލެއް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިނުވާއިރު ހަމައެކަނި ބުނެފައިވަނީ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ އިދާރާގެ ވެބްސައިޓަށް އަޕްލޯޑް ކުރުމަށް ފަހު މެމްބަރުންނަށް އަންގާނެ ކަމަށެވެ

ބެލެވޭ ގޮތުގައި މާދަމާ އޮންނަ ހާއްސަ ޖަލްސާއަކީ ކުއްލި ނުރައްކަލު ހާލަތާއި ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާއެކެވެ. ސަރުކާރުން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އަންގާރަ ދުވަހުގެރޭގެ އިރާކޮޅު ހަމަވާއިރު ގާނޫނު އަސާސީގައި ބުނާ ގޮތުން 14 ދުވަހަށް ވުރެ ދިގު މުއްދަތަކަށް، ކުއްލި ނުރައްކަލުގެ ހާލަތު ގެ މުއްދަތު އިތުރު ކުރެވޭނީ މަޖިލީހުން ރުހުން ލިބިގެންނެވެ.