English Edition
Dhivehi Edition

މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ އައްޑޫ ސިޓީގެ އޮޑިޝަންތައް ރޭ ނިންމާލައިފިއެވެ

މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ މާލޭ ސިޓީ އަދި އައްޑޫސިޓީގެ އޮޑިޝަން ނިމުނުއިރު، ޝޯވގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ކުރިއަށްއޮތް ތިއޭޓަރ ރައުންޑަށް ދަތުރުކޮށްފައިވަނީ 27 ބައިވެރިންނެވެ

އައްޑޫގެ އޮޑިޝަން ކުރިއަށްގެންގޮސްފައިވަނީ، ހިތަދޫގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހުގައެވެ. ރޭގެ އޮޑިޝަނުގައި މޯލްޑިވިއަން އައިޑަލް ސީޒަން 2 ގައި ބައިވެރިވެ ވަކި ހިސާބަކުން ޝޯއިން ވަކިވެފައިތިބި ބައިވެރިންނާއި މުޅިން އާ ބައިވެރިން ވަނީ ފެނިފައެވެ. .

މޯލްޑިވިއަން އައިޑަލްގެ ތިން ވަނަ ސީޒަން ބެލުންތެރިންނާއި ބައްދަލުކުރީ ބޮޑެތި ސަޕްރައިޒްތަކަކާއި، ބަދަލުތަކަކާއެކުގައެވެ. އެގޮތުން މިފަހަރުގެ ސީޒަނުން ފެނިގެންދިޔަ އެންމެ ބޮޑު ބަދަލަކީ ކުރީގެ 2 ސީޒަނާއި ޚިލާފަށް ޖަޖުންގެ ޕެނަލް ތިނަކުން ހަތަރަކަށް އިތުރުވުމެވެ.

މިފަހަރުގެ ސީޒަނަށް ޖަޖުންގެ ޕެނަލާއި މުޅިން އަލަށް ގުޅުނީ ރާއްޖޭގެ މިއުޒިކީދާއިރާގެ މަޝްހޫރު ފަންނާނެއްކަމަށްވާ ޒާރާ މުޖުތަބާއެވެ. އަދި ޝޯވގެ ދެވަނަ ޕްރެޒެންޓަރެއްގެ ގޮތުގައި މޫސާ ވަސީމާއެކު އާމޫނެއްގެ ގޮތުގައި ފެނިގެންދިޔައީ ޝައިނާ ޝަރީފް. މީގެއިތުރުން ތިއޭޓަރ ރައުންޑްގެ ގްރޫޕް ޕަރފޯމެންސް ދޫކޮށްލުމަށްފަހު އެރައުންޑްގެ ސޯލޯ ޕަރފޯމެންސްގައި ޕަރފޯމްކުރުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެންދާ “ގޯލްޑަން މައިކް”ވެސް މިފަހަރުގެ ސީޒަންގައި ވަނީ ތަޢާރަފުކޮށްފައެވެ.