English Edition
Dhivehi Edition

އިދިކޮޅު ސިޔާސީ ފަރާތްތަކުން މަސައްކަތްކުރަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިވެހި ޤައުމަށް ގެންނަވަން މަސައްކަތްކުރައްވާ ތަރައްޤީގެ އަޑު ކަނޑުވާލައި މިވަގުތު ހެޔޮ ފާލަކަށް އޮތް ރާއްޖޭގެ އިޤްތިޞާދު ފުން ވަޅުގަނޑަކަށް ވައްޓާލުމަށް ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ގެ “އެންމެ ފުރަތަމަ ޤައުމު” ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ތާރިޤް ވިދާޅުވީ،

ޑިމޮކްރަސީގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ދިވެހިންގެ މިނިވަންކަމާއި، ދިވެހި ޤައުމިއްޔަތު ފުނޑާލުމަށް ކުރާ މަސައްކަތްތަކަށް ސަރުކާރުން އެއްވެސް ފުރުޞަތެއް ނުދެއްވާނެކަމަށެވެ..

“ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ކުރީގެ ރައީސް ނަޝީދަކީ އެބޭބޭފުޅުންގެ ވެރިކަމުގައި ރާއްޖެއަށް ގެންނަންޖެހޭ ތަރައްޤީ އެންމެ ފުރިހަމަގޮތުގައި ގެނުމުގެ ޒިންމާ އަދާކުރެވުނު ބައެއް ނޫން. ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި ރައީސް ޔާމީން ޤައުމަށް ގެންނަވާފައިމިވާ ހަލުއި ތަރައްޤީން ހާމަވެގެންދޭ ” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ތާރިޤް ވިދާޅުވީ، 30 އަހަރަކާއި، އިތުރު ތިން އަހަރެއްގެތެރޭގައި ރާއްޖޭގައި ނަރުދަމާ ނިޒާމް ޤާއިމް ކުރެވުނީ އެންމެ 31 ރަށުގައި ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ މިފަދަ ކަންކަން ފޯރުކޮށްދިނުމުގައިވެސް ރައީސް މައުމޫނާއި ނަޝީދު ވަނީ ފެއިލްވެފައިކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ފަސްދޮޅަހަސްވުރެ ގިނަ ރަށުގައި ނަރުދަމާގެ ޚިދުމަތް ޤާއިމްކޮށްދެވޭނެކަމަށެވެ. އަދި އިދިކޮޅު ސިޔާސީ ލީޑަރުން ބޭނުންވަނީ ރައީސް ޔާމީން މިވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ރާއްޖެއަށް ގެންނަމުންދާ ތަރައްޤީގައި މެޑެލްޖައްސަވަން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.