މުލިމަތި ޔުނައިޓެޑްއިން އިންތިޒާމުކޮށްގެން ބާއްވާ ބެސްޓް ފުޓްސެލް ޓޯނަމެންޓް 2018 ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ
ރޭ ހުޅުދޫ ޕޮލިސް ދަނޑުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބެސްޓް ސެލެކްޝަން ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ތަވީލްއެވެ. ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝަރަފުވެރި މެހެމާން އަދި މުބާރާތުގެ މެއިން ސްޕޮންސާރ ބެސްޓް ސެލެކްޝަންގެ އެމްޑީ ވިދާޅުވީ ކޮންމެ އަހަރަކުވެސް ބެސްޓް ސިލެކްޝަން އިން ފުޓްސެލް މުބާރާތެއް ބާއްވަން ނިންމާފައިވާކަމަށެވެ
މުލިމަތި ޖަމިއްޔާ އިން ވަނީ މި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ޕަބްލިކް ވޯކްސް، ހުޅުމީދޫ ޕޮލިސް، ހައުސިން މިނިސްޓްރީ، އައްޑޫ ސިޓީ ކައުންސިލް އަދި އީޓީއެފްއޭ އިން ދެއްވި އެހީތެރިކަމާ އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ. މީގެ އިތުރުން އެ ޖަމިއްޔާއިން ބުނެފައިވަނީ މީގެ ކުރިންވެސް ހުޅުދޫ މީދޫގައި މުލިމަތި ޔުނައިޓެޑް އިން ގިނަ މުބާރާތްތަކެއް ބާއްވާފައިވާ ކަމަށާއި ކުރިއަށް އޮށްތަނުގައިވެސް ޖަމިއްޔާއިން ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމުގައެވެ. އަދި މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ޒުވާނުން ކުޅިވަރުގެ ތެރެއަށް ނެރެ މުޖްތަމައުގައި އެކުވެރި މާހައުލެއް ގާއިމް ކުރުން ކަމަށް މުލިމަތި ޔުނައިޓެޑްއިންވަނީ ބުނެފައެވެ
މި މަހުގެ 16 އިން 23 އަށް ހުޅުމީދޫ ޕޮލިސް ދަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 7 ޓީމު ވަނީ ބައިވެރިވެފައެވެ. ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އޭ ގުރޫޕްގައި ހިމެނޭ ޓީމްތަކަކީ އެފްސީ އަހުން، ޔުނައިޑެޓް ބްރެދާސް، ބްރަދާސް ޔުނައިޓެޑް. އަދި އެފްސީ ލަކީއެވެ. ގުރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ ޑީއެފް ކްލަބް، ޝަންގްރިއްލާ އަދި އެފްސީ ގައުމެވެ
ރާއްޖޭގެ މަޝްހޫރު ގިނަ ފުޓްސެލް ކުޅުންތެރިން ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 81 ކުޅުންތެރިންގެ ކުޅުން ފެނިގެންދާނެކަމަށް މުބާރާތުގެ އިންތިޒާމް ކޮމެޓީގެ ފަރާތުންވަނީ ބުނެފައެވެ. މި މުބާރާތުގެ މެޗުތައް ރޭގަނޑު ކުޅުމަށް ހަމަޖެހިފައިވާއިރު ކޮންމެ ރެއަކު ދެމެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ
މުބާރާތުގެ ޗެމްޕިއަން ޓީމަށްވަނީ ޓްރޮފީއާއި، 25000 ރުފިޔާގެ އިނާމެއް ހުށަހަޅައިފާއިރު ރަނަރއަޕް ޓީމަށްވަނީ 12000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބެސްޓް ސެލެކްޝަނެވެ. މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ. ޕްރިންޓިން ޕާޓްނަރ އަކީ ކޯންޓްރޯލް ޕީ އެވ