ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ ގުޅޭ ގޮތުން ފިތުނަ އުފެދޭ ގޮތަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއްކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ
ދެހާސް ތޭރައިގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ގާސިމްގެ އަރިހުގައި ހުންނެވި ސައީދު ރޭ ވިދާޅުވީ ގާސިމް ވެރިކަމަށް ގެންނެވުމަށް އޭރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ރިޔާޒް ދެކޮޅުހެއްދެވި ކަމަށެވެ. ސައީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރިޔާޒް މިއަދު ވިދާޅުވީ ސައީދު ހެއްދެވީ އިތުރު ފުޅެއް ކަމަށާއި އެފަދަ ވާހަކަތައް ދައްކަވަނީ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓުކަން ލިބޭތޯކަމަށެވެ
ސައީދު އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރިޔާޒް ވިދާޅުވީ ރައީސް ޔާމީނަކީ ވަރަށް ކޮރަޕްޓު ބޭފުޅެއް ކަމަށް ސައީދު ވިދާޅުވިކަމަށާއި އެފަދަ ބޭފުޅަކާ އެކު ކޯލިޝަން ނުހެއްދެވުމަށް ގާސިމަށް ވިސްނައިދޭން އެދިވަޑައިގަތް ކަމަށެވެ