English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫގައި ފިތުރު ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ބަހައިފިއެވެ. ފެނަކަ ހުޅުމީދޫ ބްރާންޗްގައި، ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ރެއާ ހަމައަށް ފިތުރު ޒަކާތްވަނީ ބަހާ ނިންމާލާފައެވެ. އައްޑޫ ސިޓީ މީދޫގައި ފިތުރު ޒަކާތް ހައްގުވާ ފަގީރުންގެ ގޮތުގައި 205 މީހުން ވަނީ ރަޖިސްޓްރީވެފައިވެއެވެ. 21 ޖޫން އާއި ހަމައަށް 1139 މީހުން ފިތުރު ޒަކާތުގެ ގޮތުގައި -/52290 ރިފިޔާ ވަނީ ދައްކާފައެވެ. އެހެން ކަމުން މިއަހަރު މީދޫގައި ރަޖިސްޓިރީވެފައިވާ ފަގީރުންގެ ނިސްބަތަށް ބަލައި ކޮންމެ ބޮލަކަށް ޖެހިފައިވަނީ -/255 ރުފިޔާއެވެ.