English Edition
Dhivehi Edition

ބަރަކާތްތެރި ފިތުރުއީދު ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން މެދުވަލު ސިޓީ ޔުނައިޓެޑް (އެމްސީޔޫ) އިން ހިންގާ ހަރަކާތްތަކުގެ ތެރެއިން ބޮޑުމަހުގެ ކުޅިވަރު މިއަދު ހަވީރު 4:00 ގައި ހިތަދޫ ބޮޑުމަގުގައި ފެށޭނެ ކަމަށް އެޖަމްއިއްޔާއިން ބުނެފިއެވެ. އެމްސީޔޫއިން ބުނީ ބޮޑުމަސް ނުކުންނާނީ ހިތަދޫ ސްކޫލާދިމާއިން ބޮޑުމަގަށް ކަމަށެވެ. ބޮޑުމަގުންގޮސް މަޑުކޮށްލާނީ އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމަށެވެ. މި ބޮޑުމަސް ވެގެންދާނީ މިހާތަނަށް އައްޑޫގެ މަގުތަކަށް އީދެއްގައި ނެރޭ އެންމެރީތި މަހަށްކަމަށްވެސް އެމްސީޔުނައިޓެޑުން ބުންޏެވެ. އީދުގެ ހަރަކާތްތައް އެޖަމްއިއްޔާއިން މިއަދު ފަށައިފައިވަނީ އީދުނަމާދަށްފަހުއޮތް ސައިފަދަކުންނެވެ. ސައިފޮދުއޮތީ މާކިޅި ފިނިމައިޒާން ސަރަހައްދުގައެވެ. ސައިފޮދުގައި ގާތްގަޑަކަށް 400 އެއްހާ މީހުން ބައިވެރިވިކަމަށް އެމްސީޔުނައިޓެޑުން ބުންޏެވެ. އެއަށްފަހު ހެނދުނު 8:30 ގައިވަނީ އެސަރަހައްދުގައި ތިބެގެން ފެންކުޅި ކުޅެފައެވެ. އީދުކުޅިވަރުތަކުގެ ތެރޭގައި ވާދެމުމާއި، ބަށިކުޅުމާއި، ގޯނިރޭހާއި، ބައިސްކަލްރޭހާއި، ދުވުމާއި ކެއުމުގެ ރޭސް އޮންނާނެ ކަމަށް މެދުވަލު ސިޓީ ޔުނައިޓެޑު (އެމްސީޔޫ) އިން ބުންޏެވެ. މިހަރަކާތްތަކަށް އައްޑޫސިޓީކައުންސިލުންނާއި ފުލުހުންނާއި އަދިވެސް ގިނަފަރާތްތަކެއްގެ އެހީތެރިކަންވަނީ ލިބިފައެވެ.