English Edition
Dhivehi Edition

މާލެއަށް މީހުން ގެނެސްގެން ގާނޫނާ ޚިލާފު އަމަލުތައް ހިންގާނަމަ ގާނޫނުގައިވާ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ބުނެފިއެވެ

އިދިކޮޅު ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހު މާލޭގައި ހަމަނުޖެހުން ހިންގާ, ސަލާމަތީ ބާރުތަކާއި ކުރިމަތިލުމަށް ތައްޔާރުވަމުންދާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ފުލުހުންނާއި ސިފައިންނާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ 16 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ހަރަކާތަކީ ގައުމުގެ އަމާންކަން ނަގާލުމަށްޓަކައި ބާއްވަން ރާވާފައިވާ ޙަރަކާތެއްކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ޚާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތައް ޤައުމު އަމާންކުރުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ދިވެހި ފުލުހުން އަޅާނެކަމުގައި ޝިފާން ވިދާޅުވިއެވެ

ގައުމީ ދިފާޢީ ބާރުގެ ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގެ 236 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ސުލްހަވެރިކަމާއި އަމާންކަމާއި މިނިވަންކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ޤާއިމުކޮށް ފަހިކޮށްދިނުމަކީ ސަލާމަތީ ބާރުތަކަށް އޮތް ޒިންމާއެއްކަމަށެވެ