English Edition
Dhivehi Edition

މީގެ އިރުކޮޅެއް ކުރިން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުﷲ (މުޙައްމާ) ކުއްލި ޙާލަތުގެ ދަށުން ހައްޔަރު ކޮށްފިއެވެ.

މުޙައްމާ ހައްޔަރު ކޮށްފައިވަނީ ކެންގަރޫ ކިޑްސް ޕްރީ ސުކޫލު ކައިރިން ބުރުޒު މަގުންނެވެ. މުހައްމާ މިއީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރު ކުރި މަޖިލީހުގެ ހަ ވަނަ މެންބަރެވެ. މުޙައްމާ އަކީ އިދިކޮޅު ސިޔާސީ ޙަރަކާތްތަކުގައި އިސްވެ ކޮންމެ އެއްވުމެއްގެ ވެސް އެންމެ ކުރީ ސަފުގައި އިޙުތިޖާޖު ކުރުމުގައި ޙަރަކާތްތެރިވާ ފަރާތެކެވެ.

ރާއްޖޭގައި މިހާރު އޮތް ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި ގިނަ ބަޔަކު ދަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަމުންނެވެ. ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ބައެއް ފަރާތްތައް ހައްޔަރު ކޮށްފައިވާ އިރު، ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުޙުމަތުގައި ވެސް ބައެއް ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންދެވިފައެވެ.