English Edition
Dhivehi Edition

ފެބްރުއަރީ 16 ވަނަ ދުވަހު ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމް އައްޑޫއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރައްވައިފިއެވެ

‘މަގޭ ދީނާ-މަގޭ ޤައުމާ ނުކުޅެއްޗޭ ‘ގެ ނަމުގައި އައްޑޫސިޓީ ހިތަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމްގެ ޚާއްޞަ އިވެންޓަށް ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުން ވަޑައިގަންނަވާ ގޮތަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް ދިމާވި ސަބަބުތަކާ ހެދި ދަތުރުފުޅު ފަސްކޮށްފައިވާ ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ

ޕީޕީއެމްގެ ފަރާތުން އައްޑޫސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ އިވެންޓަށް، މެޑަމް ފާތުން އައްޑޫއަށް ވަޑައިގަންނަވާނީ 23 ފެބްރުއަރީގައި ކަމަށް ރައީސް ޔަމީންގެ ކެމްޕައިން ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކުވަނީ ވިދާޅުވެފައެވެ

“އެންމެ ގާތުން” ގެ ނަމުގައި އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މެޑަމް ފާތުން ހިންގަވާ ކެމްޕެއިންގެ ދަށުން މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގައި ވެސް މެޑަމް ފާތުން ވަނީ އައްޑޫއަށް ޒިޔާރަތް ކުރައްވަވާފައެވެ

4 ކޮމެންޓް
Hathuru Marugos
ފެބުރުއަރީ 13, 2018
cityura husveebaa???
އަލީ ރަމީޒް
ފެބުރުއަރީ 13, 2018
16 ފެބްރުއަރީގައި އެމްޑީޕީގެ ބޮޑު ހަރަކާތެއް ބާއްވާއިރު ކިހިނެއް ޓީމަށް އައްޑޫއަށް އާދެވޭނީ ދޯ. މާލޭގައި ތިބުން މުހިއްމު
އަލީ ފަލާޙް
ފެބުރުއަރީ 13, 2018
މިފަހަރަސް ސިޓީ އުރާއް ލިބޭހެއް ދީ
ނަހޫ
ފެބުރުއަރީ 13, 2018
މަގެ ދީނާ މަގެ ގައުމާ ނުކުޅެއްޗޭ. އެއްވެސް މީހަކު ނުކުޅޭތި. މެޑަމް ފާތުން ވިޔަސް ވާހަކަ