English Edition
Dhivehi Edition

ޑާކްރެއިން އެންޓަޓެއިންމަންޓުން ރިލީޒްކުރުމަށް މިހާރު ތައްޔާރުވަމުންދާ މި އަހަރުގެ ފުރަތަމަ ފިލްމު “ވަކިން ލޯބިން” އައްޑޫ ސިޓީގައި އަޅުވާގޮތަށް ހަމަޖެހިއްޖެ އެވެ.

އަންނަ މަހު ފަހެއްގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމު މާޗް މަހުގެ 8 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގައި އަޅުވަން ފަށާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ވަނީ ބުނެފައެވެ.

އައްޑޫގައި މި ފިލްމު އަޅުވާނީ މީދޫ އެފްއެމްޑީ އަދި މަރަދޫ ބޮންޑޯގް ގައެވެ. މީދޫ އެފްއެމްޑީގައި އެއް ޝޯ ދެއްކުމަށް ހަމަޖެހިފައިވާއިރު، އައްޑޫ ސިޓީ މަރަދޫ ބޮންޑޯގްގައި ތިން ޝޯ ދައްކާނެ އެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ މިހާރު އައްޑޫ ސިޓީގައި އަޅުވަން ހަމަޖެހިފައިވާ ޝޯތަކުގެ ޓިކެޓް ވިއްކުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

މަރިޔަމް މަޖުދާ (މަޖޫ) އަދި ޖުމައްޔިލް ނިމާލް ލީޑު ރޯލުން ފެނިގެންދާ “ވަކިން ލޯބިން”ގެ ޓިކެޓް މިހާރު ވަނީ އޮލިމްޕަހުގައި ވިއްކަން ފަށައިފައެވެ.

މި ފިލްމު އަތޮޅުތެރޭ ގިނަ ރަށްތަކެއްގައި ދެއްކުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ. ފިލްމު ޕްރިމިއާ ކުރާ ރޭ ހދ.ކުޅުދުއްފުށީގައި ޝޯއެއް ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ހދ.ހަނިމާދޫގައި އަށް ވަނަ ދުވަހުގެ ރޭ ޝޯއެއް އޮންނާނެ އެވެ. މި ޝޯތަކަށްވެސް މިހާރު ވަނީ ޓިކެޓް ވިއްކަން ފަށާފަ އެވެ.

އައިޝަތު ފުއާދު ތައުފީގުގެ ސްކްރީން ޕްލޭ އަކަށް ތައްޔާރު ކުރި މިި ފިލްމަކީ ޒުވާން ދެމަފިރިއެއްގެ ކައިވެނި، ވަރި ފަށަށް އެރުމުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމުގެ ލީޑުން ފެނިގެންދާނީ ޖުމައްޔިލް ނިމާލް(ޖުމަލް) އަދި މަރިޔަމް މަޖުދާ(މަޖޫ) އެވެ. މި ދެ ތަރިންނާއެކު ހާއްސަ ރޯލަކުން “މަލިކާ” އިން ތައާރަފުވި ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް މި ފިލްމުގައި ފެނިގެންދާނެ އެވެ. މީގެ އިތުރުން ޗައިލްޑް އެކްޓަރުތަކެއްވެސް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.