English Edition
Dhivehi Edition

މާރޗް މަހުގެ 05 ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއަރ ކުރުމަށްހަމަޖެހިފައިވާ ޑާކް ރެއިން އެންޓަޓައިމަންޓްގެ ފިލްމް’ ވަކިން ލޯބިން’ގެ އައްޑޫ ސިޓީ މީދޫ ގައި އެޅުވުމަށް ހަމަޖެހިފައިވާ ޝޯގެ ޓިކެޓަށް ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާއިފިއެވެ

މާރޗް 8 ވަނަ ދުވަހު މީދޫ އެފްއެމްޑީގައި އެޅުވުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓިކެޓެއްގެ އަގަކީ 100 ރުފިޔާއެވެ. ޓިކެޓު ހޯދަން ބޭނުންވާ ފަރާތްތަކުން 7472388، 9902388 އަށް ގުޅުމުން މައުލޫމާތު ލިބިގެންދާނެކަމަށް ފިލްމް އަޅުވާ ޓީމްގެ ފަރާތުންވަނީ ބުނެފައެވެ. އަންނަ މަހުގެ 8،9،10 ތިން ދުވަހު މަރަދޫ ފޭދޫ ބޮޑުގޭގައި ފިލްމު އެޅުވުމަށް ހަމަޖެހިފައިވާއިރު ގުޅިފައިވާ ރަށްތަކުން ޝޯގެ ޓިކެޓް ނޯޓުކުރުމަށް9999641 / 9997049 ގުޅުމުން ހަމަޖެހިގެންދާނެއެވެ

އައިޝަތު ފުއާދު ތައުފީގުގެ ސްކްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ މި ފިލްމްގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ)އެވެ.މި ފިލްމުގެ ގެ ލީޑް ރޯލުން ފެނިގެން ދާނީ މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާ (މަޖޫ) ގެ އިތުރުން ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.

މި ފިލްމަކީ ޒުވާން ދެމަފިރިއަކު ވަރިފަށަށް އެރުމުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފެމިލީ ޑްރާމާއެކެވެ