English Edition
Dhivehi Edition

މާރޗް މަހުގެ 08 ވަނަ ދުވަހު އައްޑޫގައި ދެއްކުމަށް ހަމަޖެހިފައިވާ ޑާކް ރެއިން އެންޓަޓައިންމެންޓްގެ ފިލްމް’ ވަކިން ލޯބިން’ގެ އައްޑޫ ޕްރިމިއަރ ގައި ބައިވެރިވުމަށް ފިލްމުގެ ލީޑް ދެ ތަރިންނާ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ)އައްޑޫ އަށް އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ

އަންނަ މަހުގެ 8،9،10 ތިން ދުވަހު މަރަދޫ ފޭދޫ ބޮޑުގޭގައި ފިލްމު އެޅުވުމަށް ހަމަޖެހިފައިވާއިރު އަށް ވަނަ ދުވަހުގެ ރޭ ބޮޑޮގޭގެ ބާއްވާ ފިލްމު ޕްރިމިއާގައި މަޖޫ އާއި ޖުމައްޔިލް އަދި ޗިއްޕެ ބައިވެރިވާނެއެވެ. އަދި ނުވަ ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީ މީދޫ ޕްރިމިއާގައި ވެސް މި ދެތަރިންގެ އިތުރުން ފިލްމުގެ ޑައިރެކްޓަރު ބައިވެރިވާނެއެވެ. މީގެ އިތުރުން ފިލްމު ބަލަންދާ ފަރާތްތަކަށް ފިލްމުގެ ދެތަރިންނާއެކު ފޮޓޯ ނެގުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް މި ފިލްމްގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ) ވަނީ ބުނެފައެވެ

މި ފިލްމުގެ ޓިކެޓެއްގެ އަގަކީ 100 ރުފިޔާއެވެ. ޓިކެޓު ހޯދަން ބޭނުންވާ ފަރާތްތަކުން 7472388، 9902388، 9997049،9999641އަށްގުޅުމުން ޓިކެޓް ލިބިގެންދާނެކަމަށް އައްޑޫގައި ފިލްމް އަޅުވާ ޓީމްގެ ފަރާތުންވަނީ ބުނެފައެވެ

އައިޝަތު ފުއާދު ތައުފީގުގެ ސްކްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ މި ފިލްމްގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ)އެވެ.މި ފިލްމުގެ ގެ ލީޑް ރޯލުން ފެނިގެން ދާނީ މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާ (މަޖޫ) ގެ އިތުރުން ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.

މި ފިލްމަކީ ޒުވާން ދެމަފިރިއަކު ވަރިފަށަށް އެރުމުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފެމިލީ ޑްރާމާއެކެވ