English Edition
Dhivehi Edition

އައްޑޫސިޓީ ގަމާއި ފޭދުއާ ދެމެދު އޮންނަ ކޯޒުވޭމަތިން ބާރުސްޕީޑުގައި ދުއްވައިފައިދިޔަ ކާރެއް މޫދަށް ވެއްޓިއްޖެއެވެ.

ރޭ ފަތިހު ހިނގި މިހާދިސާގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލް ނުވެގޮސް ކޯޒްވޭގެ ކަނާތްފަރާތުން މޫދަށް ވެއްޓި ބްރިޖް ދަށުން އަނެއްފަރާތަށް ދިޔަ އިރު ކާރު ދުއްވަން އިން މީހާ ވަނީ ސަލާމަތް ވެފައެވެ.

މަންޒަރު ދުށްމީހަކުބުނީ އެކާރުދިޔައީ ފޭދުއާވީކޮޅުން ގަމަށްދާން ކަމަށާއި މި ހާދިސާގައި ދުއްވަންއިންމީހާ ވަނީ ސަލާމަތުން މައްޗަށް އަރާފައި ކަމަށެވެ.

މިހާދިސާ ހިނގިއިރު ކާރުގައި ޑްރައިވަރާއެކު އިތުރު މީހަކު އިންކަމަށް ޑްރައިވަރު ބުނެއެވެ. ނަމަވެސް ވަލެއް ޖަހައިގެން ކާރު މައްޗަށް ނެގިއިރު އިތުރު މީހަކު ކާރުގައެއް ނެތެވެ. އެހެންކަމުން އޭގައި އިންކަމަށް ބުނާ އިތުރުމީހާ ހޯދުމަށް އާންމުންގެ މީހެއްގެ އިތުރަށް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ތިންމީހަކު މޫދަށް ފުންމައިގެން ވަނީ މަސައްކަތް ކޮށްފައެވެ.

ފަހުން މައުލޫމާތު ލިބުނު ގޮތުގައި ކާރުގައި އިން ކަމަށް ބުނިމީހާ އޮތީ ގޭގައި ނިދާފައެވެ.

މިހާދިސާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުންގެ ފަރާތުން ލިބޭގޮތެއް އަދި ނުވެއެވެ.

1 ކޮމެންޓް
Ymejenta
ފެބުރުއަރީ 12, 2018
Baar speedehhga ehh noon...boiyegenn masthugainn partey e dhuvvann inee..v salaam