English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ވެރިކަން ކުރާ ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވައިފިއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި އެ ޕާޓީގެ ނައިބް ރައީސް އަބްދުލް ރަހީމް އަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އަކީ ގައުމީ ސަލާމަތަށް ނުރައްކާތެރި މީހެއްގެ ގޮތުގައި ހައްޔަރު ކުރަންޖެހޭކަމަށެވެ.

އަދުރޭ ވިދާޅުވީ އަބްދުﷲ ޝާހިދު ވަނީ ރާއްޖެއިން ބޭރުގެ ސިފައިން އައިސް، ސަރުކާރު ބަދަލުކުރުމަށް ގޮވާލާފައި ކަމަށެވެ.

“އަބްދުﷲ ޝާހިދުވެސް އެބަ ގޮވާލާ ހަމަ މިހާރު ދިވެހި ރާއްޖެއަށް ބޭރުގެ ސިފައިން އައިސް ރާއްޖޭގެ ސަރުކާރު ބަދަލުކޮށްލަން. ރާއްޖޭގެ މިނިވަންކަން ނަގާލަން. ހަގީގަތުގައި ބަޣާވާތް ކުރުމަކީ ހަމައެކަނި ކަނޑި ބަޑި ހިފައިގެން މިގައުމަށް އަރާ މީހުންތަޅާ މެރުމެއް ނޫން. މިއީ ވެސް ބަޣާވާތުގެ ވައްތަރެއް.” އަބްދުއްލް ރަޙީމް އަބްދުﷲ ވިދާޅުވިއެވެ.

“ބަޣާވާތް ކުރުމަކީ ހަމައެކަނި ކަނޑިބަޑި ހިފަައިގެން އަރައި، މީހުން މެރުމެއް ނޫން. މިއީވެސް ބަޣާވާތުގެ ވައްތަރެއް،” އަދުރޭ ވިދާޅުވިއެވެ.

“މިއީ ދިވެހިންގެ ތެރޭގައި އުޅެވިގެން ވާނެ ބައެއް ނޫން. ކޮންމެ ފިކުރަކާއި ވިސްނުމެއްގައި ހުއްޓަސް ދިވެހި ގައުމުދެކެ ލޯބިވާން ޖެހޭނެ. ގައުމިއްޔަތާއި މިނިވަންކަމާ ދޭތެރޭ ވިސްނަން ޖެހޭ،” އޭނާ ވިދާޅުވިއެވެ.