English Edition
Dhivehi Edition
އެމްއައިބީން ތޮއްޑޫގައި އޭޓީއެމްއެއް ހުޅުވުން

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އއ. ތޮއްޑޫގައި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ހިދުމަތް އިފްތިތާހުކޮށްދެއްވީ އެމްއައިބީގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލް އާއި ތޮއްޑޫ ކައުންސިލުގެ ނައިބު ރައީސް އަލީ އާދަމެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއައިބީގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް އެ ބޭންކުން ބުންޏެވެ.

ތޮއްޑޫގައި ބެހެއްޓި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ތޮއްޑޫގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ލިބޭނެއެވެ. އެމްއައިބީން ބުންޏެވެ. އެ އޭޓީއެމް ހިދުމަތް ފަރުމާކޮށްފައި ވަނީ ބޭންކިން ފަސޭހަކުރުމާއި ރަށުގެ މުޖުތަމައުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވެދިނުމަށެވެ. މީގެ ސަބަބުން ރަށުގެ ވިޔަފާރިވެރިންނަށް ފައިސާ ޖަމާކުރުމަށް މާލެ ނުވަތަ އެހެން ރަށަކަށް ދާންޖެހޭ ދިއުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އެ ބޭންކުން ގެންދަނީ ބޭންކުގެ މާލީ ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދީ، ފުޅާކުރުމުގެ ގޮތުން މުޅި ރާއްޖޭގައި އޭޓީއެމް އަދި ސެލްފް ސާވިސް ބޭންކިން ނެޓްވޯކް ފުޅާކުރަމުންނެވެ. މި މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތަނުގައިވެސް އިތުރު ރަށްރަށުގައި މިފަދަ ހިދުމަތްތައް ގާއިމުކުރުމަށް އެމްއައިބީން ވަނީ އަމާޒު ހިފާފައެވެ.