English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އއ. ރަސްދޫގައި ހިންގި އޮޕަރޭޝަނެއް ގައި 9 މީހުން ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ؛

  1. މުހައްމަދު އުލްވާން ރަޝީދު (21އ) ލިލީމީޑް / އއ. ރަސްދޫ،
  2. އަހްމަދު އަރީފު (37އ) ގުލްދަސްތާގެ / އއ. ރަސްދޫ،
  3. އިބްރާހީމް ދިނާން (30އ) ހަވާމަންޒިލް / އއ. ރަސްދޫ،
  4. އަހްމަދު އިކުލީލް (37އ) ފެހިވިނަ / އއ. ރަސްދޫ،
  5. އަހްމަދު މުހައްމަދު (44އ) ކާނޭޝަންމާގެ / އއ. ރަސްދޫ،
  6. އަލީ ވަސީމް (44އ) ކާނޭޝަންމާގެ / އއ. ރަސްދޫ،
  7. ލީނާ މޫސާ (23އ) ވިދުވަރުގެ / ހދ. ކުމުންދޫ،
  8. ރިމާޒު މުހައްމަދު (29އ) ހިކިފިނިފެންމާގެ / އއ. ތޮއްޑޫ،
  9. މެހެދީ ހަސަން (27އ) ބަންގްލަދޭޝް،

ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން މި މަހު 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންގައި ރަސްދޫއިން 10 ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން މި އެންމެން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިބްރާހީމް ދިނާން، ރިމާޒު މުހައްމަދު، އަލީ ވަސީމް އަދި މެހެދީ ހަސަން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އަދި މުހައްމަދު އުލްވާން ރަޝީދު، އަހްމަދު އަރީފު އަދި އަހްމަދު މުހައްމަދު ފަސްދުވަހަށް އަދި އަހްމަދު އިކުލީލް ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު ލީނާ މޫސާ ތިން ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.