English Edition
Dhivehi Edition
އެކްސިޑެންޓު

ސިނަމާލެ ބްރިޖް ހައިވޭގައި ދެ ސައިކަލު ޖެހި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ، ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފިއެވެ. ފުލުހުންގެ ހިދުމަތަށް މި ހާދިސާގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 16:55 ހާއިރުއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައި ކަމަށެވެ. އެގޮތުން ދުއްވާފައި ދިޔަ ސައިކަލެއް މަގުމައްޗަށް ކަހާލައިގެން ވެއްޓުނު ވަގުތު، ފަހަތުން އައި އެހެން ސައިކަލެއް އެ ސައިކަލުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގަން މެދުވެރިވީ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި އަނިޔާވި ތިން މީހުންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި ވަގުތުން ވަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ މީހުންނަށް މިހާރު ދަނީ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި ހިމެނޭ އަންހެނެއްގެ އަތް ބިންދައިގެން ގޮސް، ހަށިގަނޑުގެ އެކި ތަންތަނަށް އިތުރު އަނިޔާތަކެއްވެސް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށާއި، މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.