English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން: ފޮޓޯ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ނުރަސްމީ ދަތުރުފުޅެއްގައި ރޭގެ ވަގުތެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. ނަމަވެސް، މި ދަތުރުފުޅާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

މި ދަތުރުފުޅާ ގުޅިގެން ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތީ ރޭ ކަމަށެވެ. އެހެން ނަމަވެސް އެ ދަތުރުފުޅުގެ އެއްވެސް އިތުރު މައުލޫމާތެއް އެ އޮފީހަކުން ހިއްސާއެއް ނުކުރެއެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންނެވިއިރު، މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ ނުރަސްމީ ދަތުރުފުޅުތަކުގައި އެ ގައުމަށް ވަޑައިގެންފައެވެ.

އެގޮތުން ރައީސް މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެންމެ ފަހުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައި ވަނީ މިދިޔަ މެއި މަހުގެ 24 އިން 30 އަށެވެ.

މި ދަތުރުފުޅަކީ ކިތައް ދުވަހުގެ ދަތުރުފުޅެއް ކަމެއް އަދި އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ވެސް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެއެވެ.