ިދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ރިޝަވަތުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ނެގި ކަމުގެ ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ
މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލުކުރައްވާ މައުލޫމާތު ދެއްވަމުން އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ ދެ ފަނޑިޔާރުންނާއި ދެކޮޅަށް އެތައް މިލިއަން ރުފިޔާ އަކާއި އެތައް މިލިއަން ޑޮލަރެއްގެ ޓްރާންސެކްޝަން ހެކީގެ ގޮތުގައި ހޯދާފައިވާ ކަމަށެވެ
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ ތުހުމަތު ތަކަކީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމުގެ ތުހުމަތާއި، ގާނޫނާއި ހިލާފަށް ސަރުކާރު ބަދަލުކުރުމަށް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މަސައްކަތް ކުރެއްވިކަމުގެ ތުހުމަތުގެ އިތުރުން ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްދުގައި ހުރަސްއެޅިކަމުގެ ތުހުމަތެވެ
މީގެ އިތުރުން ނަވާޒް ވިދާޅުވީ މި މައްސަލާގައި އަލީ ހަމީދާ ގުޅުން ހުރި ކަމަށް ގަބޫލު ކުރެވޭ ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދާފައިވާ ކަމަށާއި އަދި އިތުރު ހެކިތައް ވެސް ލިބިފައިވާ ކަމަށެވެ