English Edition
Dhivehi Edition

ރާއްޖޭއާ އެންމެ ގާތް ޤައުމެއްގެ ހައިޞިއްޔަތުން އިންޑިއާއިން އަބަދުވެސް ބޭނުންވަނީ ރާއްޖޭގައި ހަމަޖެހުމާއި އަމާންކަން އޮތުމަށްކަމަށް އިންޑިއާއިން ހާމަކޮށްފިއެވެ.

އިންޑިއާއިން މިކަން ހާމަކުރީ، ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން އިންޑިއާގެ ޚާރިޖިއްޔާއިން މިއަދު ނެރުއްވި ބަޔާނުގައެވެ. މިބަޔާނުގައި ރާއްޖެއާ ގާތް، އެކުވެރި ޤައުމެއްގެ ހައިޞިއްޔަތުން އިންޑިއާއިން އަބަދުވެސް ބޭނުންވަނީ ރާއްޖޭގެ ހަމަޖެހުމާއި އަމާންކަމާއި ކުރިއެރުންކަމަށެވެ.

އިންޑިއާގެ ބަޔާނުގައި މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ދިވެހި ސަރުކާރުން ކަށަވަރުކޮށްދެއްވާނެ ޔަޤީންކުރައްވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

އިންޑިއާއިން މިގޮތަށް ހާމަކޮށްފައިވަނީ އެގައުމުގެ ނޫހެއް ކަމަށްވާ “ދަ ޕްރިންޓް” ނޫހުގައި އިންޑިއާ ސިފައިން މިހާރު ތިބީ ކުއްލި ހާލަތަށް ގެނެސްފައި ކަމަށާއި، އަދި ރާއްޖެ އަރަން ޖެހިއްޖެ ހާލަތެއްގައު ރާއްޖެ އަންނަން ހަނގުރާމަަ މަތީ މަތިންދާ ބޯޓު ތަކާއި މަނަވަރުތައް ތައްޔާރީ ހާލަތެއްގައިވާ ކަމަށް ބުނެފައިވަނިކޮށެވެ.

އެނޫހުގައި ބުނެފައިވާ ގޮތުން ރާއްޖެއައުމަށްޓަކައި އަމަލު ކުރަން ސްޓޭންޑިންގ އޮޕަރޭޝަން ޕްރޮސީޖާ މިހާރު އެކްޓިވޭޓްކޮށްފައިވާނެ ކަމަށާއި އަދި އެ ސްޓްންޑާޑް އޮޕަރޭޓިންގ ޕްރޮސީޑާގައި ވާ ގޮތުން އިންޑިއާގެ މަނަވަރުތަކާއި މަތިންދާ ބޯޓުތައް އޯޑަރ ލިބުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ވަދެވޭ ގޮތަށް ތައްޔާރީތައް ވެފައިވާނެ ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ..

އަދި އެ ނޫހުގައިވާގޮތުގައި އިންޑިޔާ ސަރުކާރުން ރާއްޖޭގެ ހާލަތު ވަރަށް ގާތުން ދަނީ ބަލަމުންނެވެ.