English Edition
Dhivehi Edition
ރަމަޟާން މަހު އުމްރާއަށްދާ ފަރާތްތައް ފުރުން - ފޮޓޯ: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން

އަސްކޮއި ގްރޫޕުން އުމްރާއަށް ގެންދާނެ ކަމަށް ބުނެ ފައިސާ ނެގުމަށްފަހު އޮޅުވާލި މައްސަލައިގައި، އެ ކުންފުނިން ލަނޑުލިބުނު ހަ މީހަކަށް 155،700 ރުފިޔާ އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވާ ގޮތުން، އަސްކޮއި ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުނީގެ މެނޭޖިން ދިރެކްޓަރު އަބްދުﷲ ރަޝީދުގެ މައްޗަށް ވަނީ ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ނިންމުމަށް އަންގައިފައެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވާގޮތުން އެ މައްސަލައިގައި ހިމެނޭ ހަ މީހުންގެ ފަރާތުން އަސްކޮއި ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދާ ދެކޮޅަށް މައްސަލަ ހުށަހެޅީ އުމްރާއަށް ދިޔުމަށް އެ މީހުން ދެއްކި 155،700ރ. އާއި މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ހިނގި 42،000ރ. ހޯދުމަށެވެ.

މި ފައިސާ ދައްކާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދާއި ކުންފުނިން ވަނީ ޝަރީއަތުގައި އެއްބަސްވެފަ އެވެ. އެހެންކަމުން މި އެއްބަސްވުމާ އެއްގޮތަށް ހަތް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. ނަމަވެސް ޝަރީއަތުގެ ހަރަދުގެ ގޮތުގައި ދިޔަ ކަމަށް ބުނާ ހަރަދަކީ ދައުވާ ލިބޭ ފަރާތުގެ ކިބައިން ނަގައި ދެވޭނެ ފައިސާކަން ހުށަހަޅާފައިވާ ލިޔުންތަކުން ޝަރިއަތުގައި ސާބިތު ނުވާތީ އެ ފައިސާ ނަގައިދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ކޯޓުން ވަނީ Howdy, އާމިނަތުބުނެފައެވެ.

މީގެ އިތުރުން، އުމްރާއަށް ގެންދާނެ ކަމަށް ބުނެ 28 މީހެއްގެ އަތުން ޖުމްލަ 714،000 ރުފިޔާ (ކޮންމެ މީހަކު 25،500ރ.) ނަގައި އޮޅުވާލާފައިވާތީ، އިސްލާމިކް މިނިސްޓްރީން ވަނީ އަސްކޮއި ގްރޫޕުގެ އުމްރާ ހުއްދަ ބާތިލުކޮށްފައެވެ. އަދި އެ ކުންފުންޏަށް ނުވަތަ އެ ކުންފުނީގެ ހިއްސާދާރަކު ހިމެނޭ އެހެން ކުންފުންޏަކަށްވެސް އުމްރާ ހުއްދަ ނުދިނުމަށް އެ މިނިސްޓްރީން ވަނީ ނިންމައިފައެވެ.