English Edition
Dhivehi Edition

ފުވައްމުލަކު ސިޓީގައި ހޭންޑްބޯލް ކޯޓަކާއި ފުޓްސަލް ދަނޑެއް ތަރައްގީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓާ އަލީ ނިޒާރެވެ. އަދި ޕްރޮކްސީ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝާހިދެވެ.

މި އެއްބަސްވުމުގެ ދަށުން ފުވައްމުލަކުގައި ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ މަސައްކަތް ޕްރޮކްސީ ގްރޫޕާ ހަވާލުކޮށްފައިވަނީ 1،997،595.71 ރުފިޔާ އަށެވެ. އަދި މި މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

މީގެއިތުރުން، އެ ސިޓީގައި ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 2،079،384.71 ރުފިޔާ އަށެވެ. މި މަޝްރޫއުވެސް 90 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.