English Edition
Dhivehi Edition
މަސްވެރިން ފޮޓޯ ކެޔޮޅު

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު ކިލޯއަކުން 1 ރުފިޔާ ބޮޑުކޮށް، ކިލޯއެއް 21 ރުފިޔާއަށް އަގު ބޮޑުކޮށްފިއެވެ.

މިފްކޯ އިން ބުނީ މިއަދުން ފެށިގެން އެ ކުންފުނީގެ ސެންޓަރުތަކާއި މަސް ކިރާ ބޯޓުފަހަރުން މަސް ގަންނަމުންދާނީ މި އައު ރޭޓުގައެވެ. އެގޮތުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން ރަންދި-20، ރަންދި-23، ރަންދި-25، ރަންދި-29 އަދި ކަލަމިންޖާ-401 ބޯޓުން މިއަދު މަސް ގަންނަމުންދާނީ ކިލޯއެއް 21 ރުފިޔާގެ ރޭޓުންނެވެ.

ފްކޯއިން ބުނި ގޮތުގައި އަގަށް މިހާރު ގެނައި ބަދަލުގެ މައިގަނޑު ބޭނުމަކީ އަމިއްލަ ވިޔަފާރިވެރިންގެ އަގުތަކާ އެއް ހަމައެއްގައި ކުންފުނީގެ އަގުތައް ހިފެހެއްޓުމާއި، މުޅި ރާއްޖޭގެ މަސްވެރިންނަށް ސީދާގޮތުން މަންފާ ފޯރުކޮށްދިނުމެވެ.