English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ހއ. އުތީމަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާ އިރު، މި ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ރައީސުލްޖުމްހޫރިއްޔާ ދެއްވާނެއެވެ.

  • ޝަރަފުވެރިކަމުގެ ގައުމީ އިނާމު: 3 ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށް.
  • ހިތްވަރު ދިނުމުގެ ގައުމީ އިނާމު: 7 ބޭފުޅަކަށާއި ކުންފުންޏަކަށް.
  • ހިދުމަތުގެ ގައުމީ އިނާމު: 1 ބޭފުޅެއްގެ ހަނދާނަށް.

އުތީމުގައި ގައުމީ ދުވަހުގެ ހަރަކާތްތައް ފަށާފައިވަނީ އިއްޔެ ހެނދުނު ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. އަދި ރޭގެ ވަގުތެއްގައި އެ ރަށުގައި ވަނީ ހާއްސަ ހަވާ އަރުވައިފައެވެ.