English Edition
Dhivehi Edition
މޫސުން ރަނގަޅު ދުވަހެއް

މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ މޫސުންވެސް އާންމު ހާލަތަކަށް ބަދަލުވެ، ވިއްސާރަ މުޅިން އަލިވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ މިއަދު މެންދުރުގެ ކުރިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވި ނަމަވެސް، މިއަދު މެންދުރުފަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ވަގުތުތަކުގައި ވިއްސާރަ އަލިވަމުންދާނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

މޫސުން ގޯސްވުމާ ގުޅިގެން ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ރޭ ފަތިހު 5:00 އިން ހެނދުނު 10:00 އަށް ވައިޓް އެލާޓްވެސް ނެރެފައިވެއެވެ.

ކަނޑުތަކުގެ ހާލަތަށް ބަލާއިރު، އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.