މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުގައި ރައްޔިތުންނަށް ގެއްލުނު ފައިސާގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި، ފުލުހުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު އަނބުރާ ހޯދައިދީފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި 26 އިން އޯގަސްޓް 1 ގެ ނިޔަލަށް ހިނގި ހަފުތާގައި ސްކޭމްގެ 42 މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. މި މުއްދަތުގައި ރިޕޯޓުކުރި މައްސަލަތަކުގައި ޖުމްލަ 334,549.00 ރުފިޔާގެ މާލީ ގެއްލުން ރައްޔިތުންނަށް ލިބިފައިވާއިރު، ފުލުހުންގެ އަވަސް މަސައްކަތުން އޭގެ ތެރެއިން 163,558.00 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ.
އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތައް:
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ ހަފްތާގައި ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 6 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.
ހާއްސަކޮށް، ބުކިންތައް ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ފޭކް ސްލިޕް ފޮނުވައިގެން ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ، އެއްވެސް ފަރާތަކަށް ފައިސާ އަނބުރާ ފޮނުވުމުގެ ކުރިން އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އޮންލައިންކޮށް ވިޔަފާރިކުރުމުގައި ކޭޝް އޮން ޑެލިވަރީ އުސޫލަށް އިސްކަންދިނުމަށާއި، ބޭރު ފައިސާ މާރުކުރުމުގައި ރަސްމީ ބޭންކުތަކާއި ހުއްދަ އޮންނަ މަނީ އެކްސްޗޭންޖްތައް ބޭނުންކުރުމަށް ފުލުހުން އިރުޝާދު ދެއްވައެވެ.