English Edition
Dhivehi Edition
ތިލަފުށީ ބިން ހިއްކައި ނިންމާލުން

ތިލަފުށި ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަޙައްދު ހިއްކައި ނިންމާލައިފިކަމަށް އެޗްޑީސީން ބުނެފިއެވެ.

ތިލަފުށީ ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އޭ، ބީ، އީ އަދި އެފް ހިއްކުމުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން މުޅި ޖުމްލަ 120 ހެކްޓަރ ހިއްކާފައިވާއިރު މިހާރު އޭރިއާ އީ ގައި ހިއްކި ސަރަޙައްދު ލެވެލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަން އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.

ތިލަފުށީގެ ދެ ވަނަ ފިޔަވަހި ތަރައްޤީކުރުމަށް އެރިއާ އޭ، ބީ، އީ އަދި އެފް ގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ އެޗްޑީސީ އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް އާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ، ސަރުކާރުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ތަރައްޤީއަށް ހިންގޭ މުހިއްމު މަޝްރޫޢުތައް ހެދިފައިވާ ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ތިލަފުށީގެ ބިން ހިއްކައި ތަރައްޤީކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަޙައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުސަތުތައް ހޯދައިދިނުން ކަމަށް އެ އެޗްޑީސީން މީގެ ކުރިން ވަނީ ބުނެފައެވެ. ހަމައެއާއެކު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ވެސް މި ސަރުކާރުގެ ނިންމުމެކެވެ.