English Edition
Dhivehi Edition
3 ޖެނުއަރީ 2024، ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވާހަކަ ދައްކަވަނީ -- ފޮޓޯ: ވަން އޮންލައިން

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް އަންނަ އޮގަސްޓު މަހު ބަޔަކާއެކު އެއްބަސްވުމެއް އެކުލަވައިލެވޭނެ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ސީޕްލޭނަށް ރޭގަނޑު ދަތުރު ނުކުރެވޭތީ، އެކި ހާލަތްތަކުގައި ފަތުރުވެރިންނާއި އާންމުން އުފުލޭނެ އިތުރު އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ހުށަހެޅި ޕްރޮޕޯސަލްތައް ބަލައި ނިމި، މިހާރު ކުރިއަށްދަނީ އެއްބަސްވުން އެކުލަވައިލުމުގެ މަސައްކަތްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ފަތުރުވެރިން އުފުލުމުގެ އިތުރުން، މީހުން ހޯދައި ސަލާމަތްކުރުމުގެ ހިދުމަތާއި މެޑިކަލް އިވެކުއޭޝަން (އެމެޖެންސީގައި ބަލިމީހުން އުފުލުން) ގެ ހިދުމަތްވެސް ލިބިގެން ދާނެކަމަށެވެ.

އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ރާއްޖޭގެ މަދަނީ އުދުހުންތަކުގެ ގަވައިދުތަކުގެ ދަށުން އެ ފަރާތަކަށް އޮޕަރޭޓަރު ސެޓްފިކެޓުހޯދުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް މިނިސްޓްރު ވިދާޅުވިއެވެ.

މީގެ ކުރިން މިނިސްޓްރީން ވަނީ މާޗު މަހު ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ފަށާނެކަމަށް ލަފާކޮށްފައެވެ. އެހެންނަމަވެސް ދިމާވި އެކި ސަބަބުތަކާ ހެދި ހިތުމަތް ފެށޭގޮތް ވަނީ ނުވެފައެވެ.